"އިޒްރޭލަށް މަރު- ހުރިހާ ގުޅުމެއް ކަނޑާލާ" ގޮވަމުން އުރުދުންގައި ހުރި ޔަހޫދީ އެމްބަސީ ކުރިމަތީ މުޒާހަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
"އިޒްރޭލަށް މަރު- ހުރިހާ ގުޅުމެއް ކަނޑާލާ" ގޮވަމުން އުރުދުންގައި ހުރި ޔަހޫދީ އެމްބަސީ ކުރިމަތީ މުޒާހަރާކޮށްފި
އިޒްރޭލަށް އޮތީ މަރު ކަމަށާއި އިޒްރޭލާއި އުރުދުން އާއި ދެމެދުގައި އޮތް ހުރިހާ ގުޅުންތަކެއް ކަނޑާލުމަށް ގޮވާލައި އުރުދުންގައި ހުރި އިޒްރޭލުގެ އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

200 އަށްވުރެ ގިނަ މީހުން ބިރުކަނޑާލައި ކުރިއަށް ގެންދިއަ މުޒާހަރާގެ ބައިވެރިން އެންމެ ބޮޑަށް ރުޅިގަދަވެފައިވެފައިތިބީ މަސްޖިދުލްއަޤްޞާގެ މައްސަލައިގެ އިތުރުން އުރުދުންގެ 2 މީހެއްގެގައަށް ބަޑިޖަހައި މަރައިލި އިޒްރޭލުގެ ޑިޕޮލޮމެޓަކާއިމެދު ޝަރީއަތް ނުކޮށް އުރުދުން އިން ބޭރުކޮށްފައިވާތީއެވެ.

ހުކުރު ދުވަހު ހަވީރު ޞުލްޙަވެރިކަމާއިއެކު ކުރިއަށް ގެންދިއަ މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދިއައީ އިޒްރޭލާއިއެކު އެއްވެސް ގުޅުމެއް ބޭއްވުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުގެ ސަފީރަކު އުރުދުންގައި ބަހައްޓަން ބޭނުން ނޫން ކަމަށެވެ.

މިދިއަ އާދީއްތަ ދުވަހު އިޒްރޭލުގެ އެމްބަސީގެ ގާޑަކު ވަނީ އިޒްރޭލުގެ ކުޑަކުއްޖެއްކަމަށްވާ މުޙައްމަދު ޖަވާވްދާ އާއި ގާޑް ދިރިއުޅުނުގޭގެ ވެރިމީހާގެ ގައަށް ބަޑިޖަހައި މަރާލައިފައެވެ. އިސްކުރު އަނބުރާ ކަށިގަނޑަކުން އޭނާއަށް ހަމަލާދޭން އުލުނު ކަމަށް ބުނެއެވެ.

އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ ގާޑާއިމެދު އިންސާފުވެރި ޝަރީއަތެއް ކުރުމަށާއި ޝަހީދުކުރި ދެ މީހުންނަށް ހައްޤު ބަދަލުދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ބަދަލުގައި ޔަހޫދީ ބޮޑުވަޒީރު ގާޑަށް ދިނީ ޤައުމީ ބަތޮލެއްގެ މަޤާމެވެ.

މިއަދު އޮންލައިން