މަސްޖިދުލްއަޤްޞާއަށް ވަދެވޭނެ ގޮތްވުމުން ފަލަސްޠީނުން އުފާ ފައުޅުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
މަސްޖިދުލްއަޤްޞާއަށް ވަދެވޭނެ ގޮތްވުމުން ފަލަސްޠީނުން އުފާ ފައުޅުކޮށްފި
މުސްލިމުންގެ 3 ވަަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެޅި ހުރަސްތައް ވަގުތީ ގޮތުން ނަމަވެސް ނައްތައިލުމުން ފަަލަސްޠީނުގެ ގިނަ ބައަކު އެކަމަށްޓަކައި އުފާ ފައުޅުކޮށްފިއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުން މަނާކޮށްގެން ތިބުމަށްފަހު އެތަަނުގައި ނަމާދުކުރުމުގެ ފުރުޞަތު ދިނީ މިދިއަ ބުރާސްފަތިދުވަހުއެވެ. ފުރުޞަތު ދިނުމުން މުސްލިމުން ވަނީ އެދުވަހުގެ ޢަޞްރު ނަމާދު ޖަމާއަތުގައި ކޮށްފައެވެ.

އިޒްރޭލުން މަސައްކަތްކުރަމުން ގެންދަނީ މަސްޖިދުލްއަޤްޞާ ނައްތައިލުމަށެވެ. މަސްޖިދުލްއަޤްޞާ އާއި އިންވެގެން ހުރި ޔަހޫދީ ފައްޅިއާއި އެބިން އެއްކޮށްލުމަށެވެ.

މިއަދު އޮންލައިން