މޯލްޑިވްސް ސަރފިންގ ޗެމްޕިއަންޝިޕް އޯގަސްޓް 7 ގައި ފަށަނީ...

ކިޔުމަށް ހޭދަވާނީ 49ސ
މޯލްޑިވްސް ސަރފިންގ ޗެމްޕިއަންޝިޕް އޯގަސްޓް 7 ގައި ފަށަނީ...
މޯލްޑިވްސް ސަރފިންގ ޗެމްޕިއަންޝިޕް އޯގަސްޓް 7 ގައި ފެށުމަށް ނިންމައިފިއެވެ.

އެއްވަނައަށްދާ ފަރާތަކަށް 25,000 ޑޮލަރު ހުށަހަޅާފައިވާ 7 ވަނަ ފޯ ސީޒަންސް މޯލްޑިވްސް ސަރފިން ޗެމްޕިއަންސް ޓްރޮފީގައި ޖުމްލަ 6 ރާޅާއެޅުންތެރިން ވާދަކުރާނެއެވެ. އަދި މި މުބާރާތަކީ މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެންމެ އަގުބޮޑު ސަރފިން މުބާރާތެވެ.

މިފަހަރުގެ މުބާރާތުގައި ހަވާއީގެ ރޮސް ވިލިއަމްސް، ބްރެޒިލްގެ މާޔާ ގެބްރިއާ، އޮސްޓްރޭލިއާގެ ޑިފެންޑިންގ ޗެމްޕިއަން ތާޖް ބުރޯ އާއި އެމެރިކާގެ ދެ ރާޅާ އެޅުންތެރިންކަމަށްވާ ސީޖޭ ހޮބްގުޑް އާއި ރޮބް މަޗަޑޯ ބައިވެރިވާނެއެވެ.

މީގެއިތުރުން ރާއްޖޭގެ ތިން ޤައުމީ މުބާރާތާއި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވެސް ބައިވެރިވާނެއެވެ.

މި މުބާރާތް އަންނަ މަހުގެ 7 ވަނަ ދުވަހުނެ ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މިއަދު އޮންލައިން