އޭނާ މިގޮތަށް ކަންތައްކުރަނީ ޖަރުމަންގެ މަގުތަކަކީ ޓްރެފިކުން ބިޒީވެފައިވާ މަގުތަކަކަށްވާތީ އެކަމުން ސަލާމަތްވުމަށެވެ.
އެގޮތުން ޖަރުމަނުގެ މިއުނިކްގައި އޮންނަ އައިސަރ ކޯރުގައި ކޮންމެދުވަހަކުވެސް އޭނާ އޮފީހަށް ދިއުމަށް 2 ކިލޯމީޓަރ އަދި އެނބުރިއައުމަށް 2 ކިލޯމީޓަރގެ ރާސްތާއެއް ކަޑައްތުކުރެއެވެ.
އޭނާގެ ލެޕްޓޮޕާއި ސޫޓް އަދި ބޫޓް ވޯޓަރޕްރޫފް ދަބަހަކަށް އަޅައިގެން އެ ދަބަސް ބުރަކަށީގައި އަޅުވައިގެން ކޮންމެ ދުވަހަކުވެސް އައިސަރ ކޯރު ހުރަސްކުރާ އިރު، ބައެއް މޫސުން ހުންނަގޮތުން ބައެއް ދުވަސްދުވަހު ދިގު ވެޓްސޫޓެއް ނޫނީ ފަތަން ލާ ސޯޓެއް ލައިގެންވެސް އޭނާދެއެވެ. އަދި ކޯރުގައި ހުރެދާނެ ބިއްލޫރިފަދަ ތަކެތިން ސަލާމަތްވުމަށްޓަކައި އޭނާ ފެންފައިވާނަށްވެސް އަރައެވެ.
އޭނާ މިގޮތަށް ކަންތައް ކުރާތީ ބައެއް މީހުންގެ ފަރާތުން މަލާމާތް ރައްދުވީނަމަވެސް އޭނާ ބުނީ ޓްރެފިކްގެ ސަބަބުން ކާރޫބާރޫބޮޑުވެފައިވާ މަގުތަކުގައި ތާށިވެ، އޮފީހަށް ގަޑިއަށް ނާދެވުމަށްވުރެ މިގޮތް މާބޮޑަށްވެސް ރަނގަޅު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ކަސްރަތުވެސް ލިބޭ ކަމަށެވެ.