ދުބާޒީގެ ވިޔަފާރިވެރިއަކު 1 މިލިއަން ދިރުހަމަގަތް ފެރާރީ އަގުބޮޑު ކާރެއްގައި ކާރު ގަތްތާ 1 ގަނޑިއިރުތެރޭގައި އަލިފާން ރޯވެ އަނދައިފިއެވެ.
ކާރުގައި އަލިފާން ރޯވީ ކާރު ގަނެގެން ގެންދިއަ މަގުމަތީގައެވެ. ދުއްވަން އިނީ ޑްރައިވަރެވެ. ވަރަށް ހަނި ގޮތަކަށް ޑްރައިވަރަށް ފުރާނަ ސަލަމަތްކުރެވުނު ނަމަވެސް ކާރު ވަނީ އެކުގައި އަނދައިފައެވެ.
ދުނިޔަވީ ކޮންމެ އެއްޗަކީ ވެސް ހަމަ ކޮންމެ ވަގުތަކުވެސް ތިމާގެ އަތުން ގެއްލިދާނެ އެއްޗެކެވެ. ނަމަވެސް ﷲ ގެ މަގުގައި ކުރެވޭ ހޭދައަކީ އަނދައި ގެއްލިދާނެ އެއްޗެއް ނޫނެވެ. އެފަދަ ހޭދަތަކުގެ ސަބަބުން އަނދާނީ ތިމާއަށް ކުރެވިފައިވާ ފާފަތަކެވެ.