އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

ކިޔުމަށް ހޭދަވާނީ 53ސ
އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި
މަކީޓާ އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތާއި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފިއެވެ.

މި މުބާރާތްތައް ކުރިއަށްދަނީ ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައެވެ.

އަންނަ އޯގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދެމުބާރާތުގެ ތެރެއިން މަކީޓާ އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އެސް.ޓީ.އޯގެ ފަރާތުން ދިވެހިރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓްކުރާ މަކީޓާ ޕަވަރ ޓޫލްސް ގެ ފަރާތުންނެވެ.

މި ދެމުބާރާތުގެ ޑްރިންކްސް ޕާރޓްނަރއެއްގޮތުގައި ހަމަޖައްސާފައިވަނީ 100 ޕްލަސް އައިސޮނޮޓިކް ޑްރިންކްސް އެވެ.

މަކީޓާއިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތުގައި 15 ސްކޫލުން އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގައި 13 ސްކޫލުން ޖުމްލަ 424 ފެތުންތެރިންނާއެކު އެކި އުމުރުފުރާގެ އަންހެން އަދި ފިރިހެން 99 ޓީމުވަނީ ބައިވެރިކޮށްފައެވެ. މި މުބާރާތުގައި 234 އިވެންޓް ކުރިއަށްދާނެއެވެ.
މިއަދު އޮންލައިން