ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީ ސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އައުކޮށްފި

ކިޔުމަށް ހޭދަވާނީ 35ސ
ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީ ސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އައުކޮށްފި
ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީ ސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

މި ރެކޯޑު އައުކުރީ ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި 44.52 ސިކުންތުގެ ކުރިއެރުމަކާއެކުގައެވެ.

މިއިވެންޓުގެ ޤައުމީރެކޯޑް އައުކޮށްފައިވަނީ 04:31.24 އިން ރޭސްފުރިހަމަކޮށްގެންނެވެ. ރިކޯރޑް އާކުރި މި ރިލޭގައި ފަތާފައިވަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑަކީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް ގައި ދިވެހި ޓީމު ފަތާފައިވާ 05:15.76 ގެ ވަގުތެވެ.

މިއަދު އޮންލައިން