މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓީމު ޖާނޫ އާއި ވާދަކޮށް ސީދާ 3 ސެޓުން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ 3 ވަނަ ޓީމަކަށް ހޮވުނީ ޓީމު ކަށިހިތްވަރެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމު ޖާނޫގެ 3 ކުޅުންތެރިންކަމަށްވާ ޖާރޒީ ނަމްބަރ 6 ޤިސާމަތު އަޙްމަދާއި ޖަރޒީ ނަމްބަރ 2 ޢައިޝަތު ނަޢީމް އާއި ޖަރޒީ ނަމްބަރ 7 އައިމިނަތު ނަޞީރާ އާއި ސޭފް ސެޓް ގެ ޖަރޒީ ނަމްބަރ 7 ޝީރީން މުޙައްމަދާއި ކަށި ހިތްވަރުގެ ޖަރޒީ ނަމްބަރ 9 ނިއުމާ ޢަބްދުލްޣަފޫރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރ-އަޕް އަދި 3 ވަނަ ޓީމަށް ތައްޓާއި މެޑެލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދީފައިވަނީ ޝަރަފްވެރި މެހްމާން މުޙައްމަދު ސަޢީދުއެވެ. އަދި އެންމެމޮޅު 5 ކުޅުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ މުބާރާތް ނިސްބަތްވާ ނިޝާނާ ޢަބްދުލްޣަފޫރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާ، ރަނަރ-އަޕް ޓީމަށް 2000 ރުފިޔާ އަދި 3 ވަނަ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.