ޕާކިސްތާނުގެ ބޮޑުވަޒީރުކަން ނަވާޒް ޝަރީފުގެ ކޮއްކޮއަށް ދެވޭނީ ވާދަވެރި އިންތިޚާބަކަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޕާކިސްތާނުގެ ބޮޑުވަޒީރުކަން ނަވާޒް ޝަރީފުގެ ކޮއްކޮއަށް ދެވޭނީ ވާދަވެރި އިންތިޚާބަކަށްފަހު!
ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދިނުމަށް ސަރުކާރު ހިންގާ ނަވާޒް ޝަރީފުގެ ޕާޓީން ނިންމާފައިވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފް އަށްދިނުމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ޕަންޖާބުގައި އިންތިޚާބެއް ބައްވައި ޕަންޖާބް ސްޓޭޓްގެ ގޮނޑި ކާމިޔާބުކުރެވި އަދި މަޖިލީހުގެ ރުހުންވެސް އޭނާއަށް ލިބިގެންނެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭނެ ކަމަކީ މިހާރު ޝަހްބާޒް އަދާކުރާ ޕަންޖާބްގެ ޗީފް މިނިސްޓަރުކަމުން އިސްތިއުފާ ދިނުމެވެ.

މިމަރުހަލާތައް ކުރިއަށް ގެންދެވެންދެން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ނަވާޒް ޝަރީފަށް ވަރަށް ތެދުވެރި ޝާހިދު ޚަޤާން ޢައްބާސީއެވެ. ހުކުރު ދުވަހާއި ހަމައަށް އައްބާސީ އަކީ ޕެޓްރޯލިއަމް މިނިސްޓަރެވެ.

ނަވާޒް ޝަރީފުގެ ކޮރަޕްޝަން މައްސަލަތައް ވެގެން ގޮސްފައިވަނީ މުޅި ޤައުމަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައަކަށެވެ. އެހެންކަމުން ޕަންޖާބުގެ ރައްޔިތުންގެ ތާއީދަށް ބޮޑެތި ބަދަލުތަކެއް އައުމަކީވެސް ދުރުކަމެއް ނޫނެވެ.
މިއަދު އޮންލައިން