މަކިޓާ އެތުލެޓިކްސް މުބާރާތުގެ އެންމެމޮޅު ސްކޫލަށް ޖީއެންއޭސީއާއި އެޗުޑީއެޗު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 43ސ
މަކިޓާ އެތުލެޓިކްސް މުބާރާތުގެ އެންމެމޮޅު ސްކޫލަށް ޖީއެންއޭސީއާއި އެޗުޑީއެޗު
އައްޑޫސިޓީ ހިތަދޫގައި އިއްޔެ ނިމުނު މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ދެ ސްކޫލަށް ޏ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ (ޖީއެންއޭސީ) އާއި ހދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ (އެޗުޑީއެޗު) ހޮވިއްޖެއެވެ.

ޏ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ ވަނީ މުބާރާތުގެ ފިރިހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދައިފައިވެ. ހދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރވަނީ އަންހެންކުދިންގެ ބައިން ޗެމްޕިއަންކަން ހޯދައިފައެވެ.

މި މުބާރާތުގައި ގޯލްޑު މެޑެލަކަށް ދީފައިވަނީ 5 މާކްސްއެވެ. ސިލްވަރއަކަށް ދީފައިވަނީ 3 މާކްސްއެވެ. ބްރައުންޒަކަށް ދީފައިވަނީ އެއް މާކެވެ. މި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެން ފިރިހެންބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޏ.އެޓޯލް އެޑިޔުކޭޝަން ސެންޓަރުގެ އަހުމަދު ޝައްޔިރު ނާޒިމް ޖަލީލެވެ. އޭނާ ވަނީ ތިން ގޯލްޑު މެޑެލް ހޯދައިފައެވެ. 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރުގެ ރިފާ މުހައްމަދެވެ. އޭނާވަނީ 2 ގޯލްޑު މެޑެލާއި، 1 ސިލްވަރ މެޑެލް ހޯދައިފައެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެމޮޅު އެތުލީޓަކަށް ހޮވުނީ ޒެފިއަސް ސްޕޯޓްސް ކުލަބުގެ މުހައްމަދު މުނާޒު އަލީއެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިފައެވެ. އެ އުމުރު ފުރައިގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ސ. ހިތަދޫ ސްކޫލުގެ އާއިޝަތު ހިމްނާ ހަސަނެވެ. އޭނާވެސްވަނީ 3 ގޯލްޑް މެޑެލް ހޯދައިފައެވެ.

19 އަހަރުން ދަށުގެ އެންމެމޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޒެފިއަސް ސްޕޯޓްސް ކުލަބުގެ ސަރީސް އަހުމަދެވެ. އޭނާވަނީ 2 ގޯލްޑާއި އެއް ސިލްވަރ މެޑެލް ހޯދައިފައެވެ. އެ އުމުރު ފުރައިގެ އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިފައެވެ.

މި މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެންބައިން ޗެމްޕިއަންކަން ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. އެ އުމުރު ފުރައިގެން އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ ހދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ގދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރުގެ ޓީމެވެ. 16 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރުގެ ޓީމެވެ. 19 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 19 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އައްޑޫހައިސްކޫލެވެ.

މުބާރާތުގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ޒިފިއަސް ސްޕޯޓްސްކުލަބު މުހައްމަދު މުނާޒު އަލީ އެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިގެން މި މުބާރާތުގެ ރެކޯޑެއް ހަދައިފައެވެ. އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. އޭނާވަނީ 3 ގޯލްޑް މެޑަލް ހޯދައިގެން މި މުބާރާތުގައި ދެ ރެކޯޑު ހަދައިފައެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ވަނީ 7000 ރުފިޔާ ހުށަހަޅައިފައެވެ. ރަނަރަރަޕް ޓީމަށް 5000 ރުފިޔާވަނީ ހުށަހަޅައިފައެވެ. ތިންނަވަ ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ.

މިމަހު 26 އިން 29 އަށް އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ބޭއްވި މި މުބާރާތުގައި 20 ސްކޫލަކުންނާއި 6 ކުލަބަކުން ޖުމްލަ 455 އެތުލީޓުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ޖުމްލަ 60 އިވެންޓު ބާއްވައިފައިވެއެވެ.
މިއަދު އޮންލައިން