ޤައުމަށްޓަކައި ޝަހީދުވެފައިވާ މިޞުރު ސިފައިންގެ 1000 ޢާއިލާއަށް ހައްޖުވުމުގެ ފުރުޞަތު ސަލްމާން ރަސްގެފާނު ދެއްވަން ނިންމައިފިއެވެ.
މިޞުރުގައި ހުންނަވާ ސައުދީ ސަފީރު އަޙްމަދު ބިން ޢަބްދުލްޢަޒީޒް އަލްޤަޠަން ވިދާޅުވީ މިކަމަށްޓަކައި ސަލްމާން ރަސްގެފާނު ނެރުއްވަވާފައިވާ އަމުރުފުޅު މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި މިކަމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ހައްޖުގެ ކަންކަން އިންތިޒާމުކުރާ ޖަމާއަތްތަކާއެކު މިހާރު މަޝްވަރާކުރައްވމުން ގެންދަވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ޤައުމަށްޓަކައި ފުރާނައިން ޤްރްބާންވެ، ޝަހީދުވާ މީހުންގެ އަގު ސަލްމާން ރަސްގެފާނު ވަޒަން ކުރައްވާ ކަމަށާއި މި ކަމަކީވެސް އެކަމުގެ ހެއްކެއް ކަމަށެވެ.