ކާފަރު މައިން ލައްވާ މުސްލިމް ދަރިން ބެލުން ހުއްދައެއް ނޫން: ޔޫއޭއީ ކޯޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކާފަރު މައިން ލައްވާ މުސްލިމް ދަރިން ބެލުން ހުއްދައެއް ނޫން: ޔޫއޭއީ ކޯޓް
ޔޫއޭއީގެ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅުނު އަންހެނަކު، ހަމައެކަނި އިސްލާމްވެގެން އުޅެނީ ނަމެއްގައިކަން އެނގުމުން ކޯޓުން އޭނާގެ އަތުން ދަރިންކޮޅު އަތުލައިފިއެވެ.

ފިރިމީހާއަށް ކުރެވުނު ޝައްކަކާއި ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ "ކާފަރު (އެހެން ދީންތަކުގެ) މައިން ލައްވައި މުސްލިމް ދަރިން ބެލުމަކީ ހުއްދަކަމެއް ނޫން" ކަމަށެވެ. އަދި ކައިވެނީގައި ލިބިފައިވާ 3 ދަރިން ވަނީ ބައްޕަ އާއި ހަވާލުކޮށްފައެވެ.

އަނބިމީހާއަކީ ހަޤީޤީ މުސްލިމެއް ނޫންކަމާއި އިސްލާމްވެގެން އުޅެނީ ނަމެއްގައިކަން ސާބިތުވުމުން މިހާރު ވަނީ ކައިވެނި ރޫޅާލައިފައެވެ. އަނބިމީހާއަކީ އޭސިއާގެ ޤައުމަކުން ކައިވެނިކޮށްގެން ޔޫއޭއީއަށް ގެންގޮސްފައިވާ އަންހެނެކެވެ.

އިސްލާމް ވެއްޖައިންކަމަށް ބުނެ އަރަބި މުސްލިމުންނާއި ގިނަ ބައަކު ކައިވެނިކުރެއެވެ. އެމީހުންގެ މުއްސަނދިކަމަށްޓަކައެވެ.
މިއަދު އޮންލައިން