ދިވެހި ޕްރެމިއަރ ލީގުގެ އައު ސީޒަންވެސް ކުރިއަށް ގެންދިއުމަށް އުރީދޫ އާއި އެފްއޭއެމް އެއްބަސްވެއްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ދިވެހި ޕްރެމިއަރ ލީގުގެ އައު ސީޒަންވެސް ކުރިއަށް ގެންދިއުމަށް އުރީދޫ އާއި އެފްއޭއެމް އެއްބަސްވެއްޖެ
ދިވެހި ޕްރެމިއަރ ލީގުގެ އައު ސީޒަންވެސް ކުރިއަށް ގެންދިއުމަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެއްބަސްވެއްޖެއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްސްކްލޫސިވް ޕާޓްނަރޝިޕްގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ޚާންއެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

އުރީދޫ ދިވެހި ޕްރެމިއަރ ލީގު މި މަހުގެ 4 ވާ ހުކުރު ދުވަހު ރަސްމީ ދަނޑުގައި ފަށާއިރު، ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ 4 ޓީމާއި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ 4 ޓީމެވެ.
މިއަދު އޮންލައިން