މޫސުމަށް އަންނަމުން މިދާ ބަދަލުތަކުގެ ސަބަބުން ލިބޭ ހައިރާންކަން ދަނީ ބޮޑުވެ އިތުރުވަމުންނެވެ. ދުބާއީގައި ހޫނުމިން 50 ޑިގްރީއަށް އަރައި މަގުތަކަށް ނުކުމެ ނުއުޅޭހިސާބަށް ހޫނުމިން ވަނީ މަތިވެފައެވެ. ޔޫއޭއީގެ އެހެން ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަނީއެވެ.
ބޮޑެތި ބިޔަ ޤައުމުތަކަށް މިގޮތަށް ކަންކަން މެދުވެރިވުމުން ހައިރާންކަން ނުލިބުނު ނަމަވެސް ޔޫއޭއީގައި މިގޮތަށް ކަންކަން މެދުވެރިވުމުން މޫސުމާއިބެހޭ މާހިރުން ގެންދަނީ ދިރާސާތައް ކުރަމުންނެވެ. ޤައުމުގެ ސައިޒުން ބަލައިފިނަމަ ޔޫއޭއީ އަކީ ވަރަށް ކުޑަ ޤައުމަކަށްވަތީއެވެ.
ދީނީ އިލްމުވެރިން ވިދާޅުވަނީ ސައިންސް އިލްމުވެރިން ތަފާތު ގޮތްތަކަށް މިފަދަ ވާހަކަތައް ދައްކައި ހެދިނަމަވެސް ކަމުގެ އަޞްލަކީ ދުނިޔެ ނިމުމަކަށް އަންނަކަން ކަމަށާއި މިއީ ފަހުޒަމާނުގައި ކުރިމަތިވާނެ ޙާލަތުތައްކަން އެންމެ ކުރިން ވެސް އޮތީ އެނގެން ކަމަށެވެ.
އުސް އިމާރާތްތައް ހެދުމުގައި އެންމެން ވާދަކުރާނެކަން އެނގެން އޮތްއިރު އިމާރާތް އުސްކުރުމުގައި އެންމެ ބޮޑު ވާދަވެރިކަމެއް އަދި ފެންނަނީ ޔޫއޭއީ އިންނެވެ.