15 ފިރިހެން ކުދިންވެގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 34ސ
15 ފިރިހެން ކުދިންވެގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފި
އިންޑިއާގެ އަންދޭރީ ގައި ދިރިއުޅޭ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް، އަހަރެއް ވަންދެން 15 ފިރިހެން ކުދިން ޖިންސީ ގޯނާ ކޮށްފިއެވެ.

އަންދޭރީގެ ފުލުހުންނަށް މައުލޫމާތު ދެމުން އެފިރިހެން ކުއްޖާ ބުނީ، އޭނާއަށް އެންމެ ފަހުން އެމީހުން ޖިންސީ ގޮތުން ފުރައްސާރަކުރީ 26 ޖުލައި 2017 ވަނަ ދުވަހު ކަމަށާއި، އެކަންތައްތައް ތަކަށް އެންމެ ފަހުން ކެތް ނުވެގެން ރަޙްމަތްތެރިއަކާއި އެކަން އޭނާ ހިއްސާ ކުރި ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަންދޭރީ ފުލުހުން ބުނެފައިވަނީ، އުމުރުން 16 އަހަރުގެ އެފިރިހެން ކުއްޖާއަށް ބްލެކްމެއިލް ކުރިކަން ވެސް ސާބިތުވެފައިވާ ކަމަށާއި، ޖިސްމާނީ ގޮތުން އެތަކެއް އަނިޔާ ދީފައި ހުރުމުން ހެދި މެޑިކަލް ޗެކަޕް އިން، އެކުއްޖާއަށް ޖިންސީ ގޮތުން ގޯނާ ކޮށްފަހުރިކަން ސާބިތުވާ ކަމަށެވެ.

އެކުއްޖާއަށް ގޯނާ ކުރި 15 ކުދިންގެ މައްޗަށް ވެސް މިހާރުވަނީ ދައުވާ އުފުލިފައެވެ. އަދި އޭގެ ތެރެއިން ހަތް ކުދިން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

ފުލުހުން މިމައްސަލަ ބެލުމަށްފަހު ދިން ބަޔާނެއްގައި ބުނެފައިވަނީ، 16 އަހަރުގެ އެފިރިހެން ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ފުރައްސާރަ ކުރީ، އެކުއްޖާގެ ގެއާއި ޖެހިގެން ހުރި ގޭގައި އުޅޭ އޭނާގެ ރައްޓެއްސެއް ކަމަށެވެ. އެއީ މިދިޔަ އަހަރު ކަމަށް ވެސް ފުލުހުންގެ އޮފިސަރު ބުންޏެވެ.

"އެކުއްޖާގެ އެރަޙްމަތްތެރިޔާ ހުރީ އެޢަމަލު ހިންގާފައި އެމަންޒަރުތައް ވީޑިއޯ ކޮށްފައި. އަދި އެކުއްޖާއަށް ބިރުވެސް ދެއްކުމުގެ ސަބަބުން އެކުއްޖާއަށް މިވާހަކަތައް އޭނާގެ އާއިލާގާތު ބުނަން ނުކެރުން" އޮފިސަރު ބުންޏެވެ.

ފަހުން އެވީޑިއޯ އެހެން މީހުންނަށްވެސް ދައްކާ، އެހެން މީހުންނާއި އެކު ޖިންސީ އަމަލު ނުހިންގައިފިނަމަ އެވީޑިއޯ އާއިލާއަށް ދައްކާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރިކަމަށް ވެސް އެކުއްޖާއަށް ހަވާލާދީ ފުލުހުން ބުންޏެވެ.


މިއަދު އޮންލައިން