އޭސީ ޖައްސަން ކޮޓަރީގަ ޖެނެރޭޓަރު ހިންގުމުން ނުކުތް ވިހަ ގޭހުން ނޭވާ ހާސްވެ 3 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އޭސީ ޖައްސަން ކޮޓަރީގަ ޖެނެރޭޓަރު ހިންގުމުން ނުކުތް ވިހަ ގޭހުން ނޭވާ ހާސްވެ 3 މީހުން މަރުވެއްޖެ
ކަރަންޓް ދާ ވަގުތުތަކުގައި ކޮޓަރީގެ އެއާކޮންޑިޝަން ހިންގުމަށްޓަކައި އަމިއްލައަށް ހިންގި ކުޑަ ޖެނެރޭޓަރަކުން ނިކުތް ވިހަ ގޭހުގެ ސަބަބުން 3 މީހަކު މަރުވެއްޖެއެވެ.

ޔޫއޭއީގައި މިހާދިސާ ކުރިމަތިވެފައިވަނީ އެޤައުމުގައި މަސައްކަތްކުރަމުންދިއަ އޭސިއާ ޤައުމަކަށް ނިޞްބަތްވާ 3 މީހަކަށެވެ. ކޮޓަރީގައި ދިއިރުޅޭ މީހުންގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން ސަލާމަތްވެފައެވެ.

ސަލާމަތްވި މީހާ ބުނީ އެކޮޓަރީގައި އުޅޭ އެކަކީ އިންޖިނޭރެއް ކަމަށާއި އެހެންކަމުން ކަރަންޓު ދާ ވަގުތުތަކުގައި ޖަނަރޭޓަރު ހިންގައިގެން އޭސީ ހިންގަން އެމީހުންނަށް އެނގޭ ކަމަށެވެ. އަދި އެ ރޭ އެ ހާދިސާ ހިނގީ ޖެނެރޭޓަރު ހިންގުމަށްފަހު ދޮރުތައް ތަޅުލައިގެން ނިދުމުން ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވަނީ އެމީހުން މަރުވީ ކޮޓަރީގައި ކާބަންޑައި އޮކްސައިޑް އިތުރުވެ ނޭވާ ނުލެވިގެން ކަމަށެވެ.
މިއަދު އޮންލައިން