ދުނިޔޭގެ 5 ވަނައަށް އެންމެ އުސް އިމާރާތް- ދުބާއީ ޓޯޗް ޓަވަރުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ދުނިޔޭގެ 5 ވަނައަށް އެންމެ އުސް އިމާރާތް- ދުބާއީ ޓޯޗް ޓަވަރުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ދުނިޔޭގެ 5 ވަނައަށް އެންމެ އުސް އިމާރާތްކަމަށް ދުބާއީ ޓޯޗް ޓަވަރުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

86 ބުރިއަށް އުސްކޮށް ހުންނަ މިއިމަރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ފެށުނީ އިމާރާތުގެ 9 ވަނަ ބުރިން ކަމަށް ބެލެވެއެވެ. ރޭ ލިބުނު ޚަބަރުތަކުން އެނގޭ ގޮތުގައި އިމަރާތުގެ 15 ބުރިއެއް ވަނީ އެކުގައިހެން އަނދައިފައެވެ.

ސިފައިން ބުނެފައިވަނީ ޓަވަރުގައި ދިރިއުޅޭ މީހުން ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ.

ދުބާއީ އަކީ އުސްކޮށް ޓަވަރުތައް އެޅުމުގައި ދުނިޔޭގެ ރެކޮޑް ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ ޤައުމެވެ. ދާދިފހުންވެސް ވަނީ ދުބާއީގެ އެންމެ އުސް 2 ޓަވަރެއްގައި އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މިއަދު އޮންލައިން