ކޮމޭޑިއަން ސުނިލް ގްރޯވަރގެ އުފަންދުވަހުގެ ތަހުނިޔާ ކަޕިލް ޝަރުމާ ޝޯވގެ ފަރާތުން އޭނާއަށް ފޮނުވައިފި

ކިޔުމަށް ހޭދަވާނީ 39ސ
ކޮމޭޑިއަން ސުނިލް ގްރޯވަރގެ އުފަންދުވަހުގެ ތަހުނިޔާ ކަޕިލް ޝަރުމާ ޝޯވގެ ފަރާތުން އޭނާއަށް ފޮނުވައިފި
ދަ ކަޕިލް ޝަރުމާ ޝޯވގެ ކޮމޭޑިއަންގެ ބައި ކުރިން އަދާކޮށްފައިވާ ސުނިލް ގްރޯވަރގެ އުފަންދުވަހުގެ ތަހުނިޔާ ޝޯވގެ ފަރާތުން އޭނާއަށް ފޮނުވައިފިއެވެ.

އެ ޝޯވގެ ހުރިހާ ބައިވެރިންގެ ފަރާތުން ސްނިލް ގްރޯވަރއަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ އަބަދުވެސް އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށާއި އުފަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ލޯތްބާއެކު ފޮނުވާ ކަމަށެވެ.

މީގެ އިތުރުން ދަ ކަޕިލް ޝަރްމާ ޝޯވއަށް އެނބުރި އޭނާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމަށްވެސް ވަނީ ބުނެފައެވެ.

ޢުމުރުން 40 އަހަރުގެ ސްނިލް ގްރޯވަރ ދަ ކަޕިލް ޝަރުމާ ޝޯވއިން ވަކިވީ މެލްބަންގައި ޝޯވއެއް ދިނުމަށްފަހު އެނބުރި ޤައުމަށް އައި ދަތުރުމަތީގައި ޝޯވގެ ހޯސްޓް ކަޕިލް ޝަރުމާ ބޭއަދަބީ ބަސްތަކަކުން ސްނިލް ގްރޯވަރ އާމުޚާތަބު ކުރުމުންނެވެ.
މިއަދު އޮންލައިން