ޖަރުމަނުން 4000 ޓަނުގެ ކުކުޅު ބިސް ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 33ސ
ޖަރުމަނުން 4000 ޓަނުގެ ކުކުޅު ބިސް ނައްތާލައިފި
ޖަރުމަނުން 4000 ޓަނުގެ ކުކުޅު ބސިސް ނައްތާލައިފިއެވެ.

މިއީ ކެމިކަލް އެކުލެވޭތީ ނައްތާލި ބިސްތަކެއް ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ. އަދި މި ކުކުޅު ބިސްތަކުގައި ކިޑްނީ، ފުރަމޭ (ލިވަރ) އަށް ބަލިފަތުރާ ފަދަ ކެމިކަލް އެކުލެވިގެންވާ ކަމަށެވެ. އަދި ނައްތާލާފައިވަނީ 4000 ޓަނުގެ ބިސް ކަމަށްވެސް ބުނެއެވެ.

މިއީ ނެދަރލޭންޑުން އެތެރެކޮށްފައިވާ ބިސްތަކެއް ކަމަށާއި މި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނެދަރޭންޑަކީ ޔޫރަޕުގެ ޤައުމުތަކަށް އެންމެ ގިނައިން ކުކުޅު ބިސް އެތެރެކުރާ އެއްޤައުމެވެ. އެގޮތުން އަހަރެއްގެ މައްޗަށް 10 ބިލިއަން ޓަނުގެ ބިސް އެޤައުމުން ޔޫރަޕުގެ އެކި ޤައުމުތަކަށް ފޮނުވައެވެ.
މިއަދު އޮންލައިން