ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ދެ ޢުމުރުފުރައިންވެސް ޗެމްޕިއަންކަން ވަތަބަނޑޭރި ހަސަން ތަކުރުފާނު ހައުސް (ޔެލޯ ހައުސް) ހޯދައިފިއެވެ.
މި މުބާރާތުގެ ސީނިއަރ އަދި ޖޫނިއަރ ޢުމުރުފުރައިގެ ޗެމްޕިއަންކަން ޔެލޯ ހައުސް އިން ހޯދީ ފައިނަލުގައި ބްލޫ ހައުސް ބަލިކޮށްގެންނެވެ.
ޖޫނިއަރ ބައިން އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޔެލޯ ހައުސްގެ އާމިނަތު ފައިހާ ފާއިޒު އާއި ހައްވާ އިޒްވާ އަމްޖަދު އާއި ބްލޫ ހައުސްގެ ފާތުމަތު އިބާނާ އާއި އައިޝަތު މަލާހާ މުހައްމަދު އަދި ވައިލެޓް ހައުސްގެ ހައްވާ ފަރާހަތު ނާޝިދު އެވެ.
ސީނިއަރ ބައިން އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ރެލޯ ހައުސްގެ ރަޝާ ރިޒާ އާއި ސައްމާ މުހައްމަދާއި ބްލޫ ހައުސްގެ ހިޝްމާ ހަސަން އާއި ބްލޫ ހައުސްގެ އައިޝަތު ނައިހާ އާއި އާއި ރެޑް ހައުސްގެ ފާތުމަތު އީމާ އެވެ.