އައިއޭއޭއެފް ވަރލްޑް ޗެމްޕިއަންޝިޕް 100 މީޓަރ ފިރިހެން ބައި ސާއިދު 3 ވަނަ ހޯދާ، ދެވަނަބުރަށް ކޮލިފައިވެއްޖެއެވެ.
ލަންޑަނުގައި ކުރިއަށްދާ އައިއޭއޭއެފް ވޯލްޑް ޗެމްޕިއަންޝިޕުގައި އޭނާ މި ރޭސް ނިންމާފައިވަނީ 10.45 ސިކުންތުންނެވެ. މި ރޭހުގެ އެއްވަނަ ތުރުކީގެ އެމްރޭ ޒަފެރް ހޯދީ 10.22 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދެވަނަ ހޯދި އެންޓިގުއާ އެންޑް ބާބިއުޑާގެ ޝަވޯން ވެލްޝެވެރޭސް ނިންމާފައިވަނީ ސާއިދަށްވުރެ އެންމެ ސިކުންތެއް އަވަހަށެވެ. އެއީ 10.44 ސިކުންތުންނެވެ.
ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް ތިން ވަނަ ހޯދާ ދެ ވަނަ ބުރުގައި މިރޭ އޭނާ ވާދަކުރިނަމަވެސް ސެމީ ފައިނަލުގެ ފުރުޞަތެއް ވަނީ ގެއްލިފައެވެ.