އިސްލާމީ ޝަރީޢަތް ބާއްވަވައިލެއްވެވުމުގެ އެންމެ މަތިވެރި 5 މަޤްޞަދުގެތެރޭގަ ފުރާނަ ރައްކައުތެރިކުރުން ހިމެނޭ: ޑރ ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އިސްލާމީ ޝަރީޢަތް ބާއްވަވައިލެއްވެވުމުގެ އެންމެ މަތިވެރި 5 މަޤްޞަދުގެތެރޭގަ ފުރާނަ ރައްކައުތެރިކުރުން ހިމެނޭ: ޑރ ޝަހީމް
މާތްﷲ އިސްލާމީ ޝަރީޢަތް ބާއްވވައިލެއްވެވުމުގެ އެންމެ މަތިވެރި 5 މަޤްޞަދުގެތެރޭގައި ފުރާނަ ރައްކައުތެރިކުރުން މާތްﷲ ތަބާރަކަ ވަތަޢާލާ ލައްވަވާފައިވާ ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ ބޭއްވި "ފުރާނައަށް ދިރުން ދޭށޭ" ދަރުސް ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ފުރާނައަށް އިޙްތިރާމްކޮށް ފުރާނަ މަތިވެރިކުރުމަށް މާތްﷲ ވަޞިއްޔަތް ކުރައްވަވާފައިވާ ކަމަށެވެ. "ވަޞިއްޔަތަކީ ނަޞޭޙަތަކަށްވުރެ މަތިވެރިވެގެންވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ފުރާނައަށް މާތްކޮށް ހިތައި ފުރާނަ މަތިވެރިކުރުމަކީ މާތްﷲ މީސްތަކުންނަށް ލާޒިމް ކުރައްވަވާފައިވާ ކަމެއް ކަމަށެވެ. "ކީރިތި ޤްރްއާނުގެ މޫރިތި އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައި މާތްﷲ މިމޭރުމުން ވަނީ ވަޙީބަސްފުޅު ބާއްވަވައިލައްވައިފަ."

މާތްﷲ ކީރިތި ޤްރްއާނުގައި ވަހީ ކުރައްވަވާފައިވަނީ "ޤަޞްދުގައި މީހަކު މަރައިފިނަމަ އެމީހާގެ ޖަޒާއަކީ ނަރަކަ. އެތަނުގައި ދެމިއިންނަ މީހެއްގެ ގޮތުގަ. މާތް ﷲ ގެ ކޯފާ އެމީހެއްގެ މައްޗަށް ހުއްޓެވެ. އަދި އޭނާއަށް ﷲ ލަޢުނަތް ލައްވަވައެވެ. އަދި ބޮޑުވެގެންވާ އަޒާބު މާތް ﷲ އޭނާއަށް ތައްޔާރުކުރައްވަވާފައި ވެއެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މީހަކު މެރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމުން މީސްތަކުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. މީހަކު މެރުމުގައި އެއްވެސް ގޮތަކުން ބައިވެރިވެއްޖެނަމަ އެކަމުގެ އަޒާބު އެމީހަކަށް ލިބޭނެ ކަމަށެވެ.

ފުރާނައިގެ މަތިވެރިކަން ބަޔާންކޮށްދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ "ނުހައްޤުން ހަމަ އެންމެ މީހެއްގެ ފުރާނަ ދުއްވާލުމަކީ މުޅި އިންސާނިއްޔަތު ދުއްވައިލުން ފަދަ ކަމެއް. ފުރާނައަކަށް ދިރުން ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއް." ކަމަށް އިސްލާމް ދީނުގައި ބަޔާންކުރައްވަވާފައި އޮތުމުން ފުރާނައިގެ މަތިވެރިކަން އެނގިގެންދާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މުދަލާއި އަބުރާއި ލޭ ހިމާޔަތްކުރަންޖެހޭނެ ކަމަށް ޙަދީޘްފުޅު ކުރައްވާފައި ކަމަށެވެ. މީސްތަކުންގެ މުދަލާއި އަބުރާއި ލޭ ވަނީ އެނެކުންނަށް ޙަރާމްވެގެން ކަމަށެވެ.

އެހެން ނަފުސަކަށް ގެއްލުން ދިނުމަކީ މުއުމިނުން ކުރާނެ ކަމެއް ނޫން ކަމަށް މާތް ﷲ ވަޙީކުރައްވަވާފައިވާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން