ސައުދީ ދީނީ ފުލަހެއްގެ ދަރިފުޅު އޭނާގެ ބައްޕަ މަރާލައި ގޭގައި އަލިފާން ރޯކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސައުދީ ދީނީ ފުލަހެއްގެ ދަރިފުޅު އޭނާގެ ބައްޕަ މަރާލައި ގޭގައި އަލިފާން ރޯކޮށްލައިފި
ސަޢުދިޢަރަބިޔާގެ ދީނީ ފުލުހެއްގެ ދަރިފުޅު އޭނާގެ ބައްޕަ މަރާލައި ގޭގައި އަލިފާން ރޯކޮށްލައިފިއެވެ.

އޮގަސްޓްމަހުގެ 23 ވަނަ ދުވަހު ގެއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އަލްޤަސަމްގެ ފުލުހުންނަށް ލިބުމުނ ގޮސް އަލިފާން ނިއްވައި ބެލިއިރު ބައްޕަ އޮތީ މަރާލައިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިއަ ތަޙްޤީޤްތަކުން އެނގުނު ގޮތުގައި ބައްޕަ މަރާލައި ގޭގައި ހުޅުޖެހީ އޭނާގެ 17 އަަހަރުގެ ދަރިފުޅެވެ. ބައްޕަ މަރާލަން ބޭނުންކުރި ހަތިޔާރު ފުލުހުން ވަނީ ހޯދާފައެވެ.

މިކަމާއިބެހޭ ގޮތުން އަދި އެއްވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ސައުދީ ދީނީ ފުލުހުންނަކީ މަގުމަތީގައި ހިނގާ އިސްލާމް ދީނާއި ޚިލާފު އަދި އިސްލާމީ ޘަޤާފަތާއި ނުގުޅޭ ކަންކަން ހުއްޓުވައި ނަޞޭޙަތްތެރިވުމަށް ޢައްޔަނުކޮށްފައި ތިބޭ ބައެކެވެ. ވަގުތުން ހައްޔަރުކުރަންޖެހޭ ކަންކަމުގައި ފުލުހުންނަށް ގުޅައި ފިޔަވަޅު އެލުމުގެ ބާރުވެސް ދީނީ ފުލުހުންނަށް ވަނީ ދީފައެވެ.

ކޮންމެ ދީނީ ފުލުހަކަށް އައިޕެޑެއް ދީފައިވާއިރު ފެންނަކަންކަން އައިޕެޑަށް ރެކޯޑްކޮށް އިދާރާތަކަށް ހުށަހަޅަންޖެހެއެވެ. ސަލްމާން ރަސްގެފާނު ވިދާޅުވެފައިވަނީ ދީނީ ފުލުހުންނަކީ އެމަނިކުފާނުގެ ފަރާތްޕުޅުން ކަންކަން ބަލަހައްޓައި އިޞްލާޙްކުރުމުގެ މަސައްކަތްކުރަން ތިބޭ މަންދޫބުން ކަމަށެވެ.
މިއަދު އޮންލައިން