ޓީސީގެ މައްޗަށް ކުރިހޯދާ ނިއުރޭޑިއަންޓުން ފެށުން ރަނގަޅުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
ޓީސީގެ މައްޗަށް ކުރިހޯދާ ނިއުރޭޑިއަންޓުން ފެށުން ރަނގަޅުކޮށްފި
އުރީދޫ ދިވެހި ޕްރެމިއަރ ލީގުގައި ޓީސީ ސްޕޯޓްސްގެ މައްޗަށް ކުރިހޯދާ ނިއުރޭޑިއަންޓުން ފެށުން ރަނގަޅުކޮށްފިއެވެ.

އެޓީމުން ޓީސީ ބަލިކުރީ ރޭ ކުޅުނު މެޗުގައި 3 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގައި ނިއުގެ ލަނޑުތައް ޖަހައިދިނީ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި ޢަލީ ފާސިރު (ސެންޓޭ) އާއި ސްޕެއިން ފޯވަރޑް އެޑްރިއަން ގަލާޑޯއެވެ.

ރޭގެ މެޗުގައި ނިއުގެ ފުރަތަމަ 11 ގައި މި ފަހަރު ޓްރާންސްފަރ މާކެޓްގައި އެ ޓީމަށް ބަދަލުވި ދަގަނޑޭ އާއި ލުބުނާންގެ ޑިފެންޑަރު ހުސެއިން އެލްޑޯ އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އާއި ރިޟުވާން ވަހީދު (ރިލޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ހިމަނާފައެވެ.

ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ 11 ގައި އަހުމަދު ޒާދު އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ވަނީ ހިމަނާފައެވެ. މިއީ ކްލަބް އީގަލްސް ދޫކޮށް އެޓީމާ ގުޅުނު ކުޅުންތެރިންނެވެ.

އުރީދޫ ޕްރެމިއަރ ލީގުގައި މިއަދު ހަވީރު 16:00 ގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ށ. މިލަންދޫއެވެ. އަދި މިރޭ 21:00ގައި ގދ. ތިނަދޫ ބައްދަލުކުރާނީ އއ. މާޅޮހާ އެވެ.

މިއަދު އޮންލައިން