ހަދިޔާއެއްގެ ގޮތުން ކޮއްކޮއަށް ދިނީ އަމިއްލަ ކިޑްނީ

ކިޔުމަށް ހޭދަވާނީ 1މ 41ސ
ހަދިޔާއެއްގެ ގޮތުން ކޮއްކޮއަށް ދިނީ އަމިއްލަ ކިޑްނީ
އިންޑިއާގައި އާއްމުކޮށް ކޮންމެ އަހަރަކު އެއްފަހަރު ފާހަގަ ކުރާ ޚާއްސަ ދުވަހެއްގައި، ދައްތައަކު އޭނާގެ ފިރިހެން ކޮއްކޮ އަކަށް ވަރަށް ޚާއްސަ އަދި ވަރަށް ތަފާތު ހަދިޔާއެއް ދީފިއެވެ.

ޕަރްމޭޝްވަރް ޕަވާރް (28އ.) އަށް ހުރީ ހައިޕަރޓެންޝަން ނެފްރޮޕަތީ ޖެހިފައެވެ. އެހެންކަމުން ކިޑްނީ ފެއިލްވެ، އެންމެ ފަހު ސްޓޭޖްގައި އޮތް ޕަވާރް އަށް އޮތް ހަމައެކަަނި ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.

އާއިލާގެ ކަންތައްތައް ބަލަހައްޓާ، އާމްދަނީ ހޯދަން މަސައްކަތް ކުރާ ހަމައެކަނި ފަރާތަކީ ޕަވާރް ކަމަށް ވުމާއިއެކީ، ޕަވާރް ގެ ސިއްޙީ ހާލަތު އެހާ ބޮޑަށް ދަށަށް ދިޔުންވީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ.

ނަމަވެސް ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދިނީ އޭނާގެ ދައްތަ ހީރާ ދޯޓްރޭ (32އ.) އެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭކަން އެނގުމުން އެއްވެސް ފަސް ޖެހުމެއްނެތި ހީރާ އޭނާގެ އެއް ކިޑްނީ ޕަވާރް އަށް ހަދިޔާ ކުރިއެވެ.

ޕަވާރް ގެ ސިއްޙީ ހާލަތު ގޯސްވެފައިވާއިރު އަނތްބަކާއި އުމުރުން ދެ އަހަރުގެ އަންހެން ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ.

އެޕޯލޯ ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓް އަދި ޓްރާންސްޕްލާންޓް ސަރޖަން ޑރ. އަންމޯލް ޕަޓިލް ބުނި ގޮތުގައި ޕަވާރްގެ ކިޑްނީ ފެއިލް ވެގެން، ފުރާނަ ސަލާމަތް ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންް ކުރުމެވެ. ނަމަވެސް، ކިޑްނީ ޑޮނޭޓް ކުރާނެ އެހެން މީހެއް ވޭތޯ ބަލަން އޮތުމުގެ ސަބަބުން، އޭނާގެ ހާލަތު އިތުރަށް ގޯސްވިއެވެ. އޭނާގެ ދައްތަގެ ކިޑްނީ އާއި ގުޅޭކަން އެނގުމުން، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގައި އިތުރަށް ފަހެއް ނުޖެހޭކަމަށް ވެސް ޑރ. އަންމޯލް ބުންޏެވެ.

މިއަދު އޮންލައިން