ފޯރިގަދަ ކުޅުމަކަށްފަހު ގްރީން ސްޓްރީޓުން މިލަންދޫ ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
ފޯރިގަދަ ކުޅުމަކަށްފަހު ގްރީން ސްޓްރީޓުން މިލަންދޫ ބަލިކޮށްފި
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފިއެވެ.

އެ ޓީމުން މި މެޗު ކާމިޔާބުކުރީ ށ. މިލަންދޫ އާވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޖަހައިދިނީ ގްރީން ސްޓްރީޓުގެ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނު އިރު، ދެވަނަ ހާފުގައި މިލަންދޫގެ ކުޅުން ރަނގަޅުކޮށް 63 ވަނަ މިނިޓުގައި މި ލަނޑު ކާމިޔާބުކުރީ ފަތުހީ އެވެ.

ގްރީން ސްޓްރީޓްސް މޮޅުކޮށްދިން ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ އިލިއާ އެވެ.

މިއަދު އޮންލައިން