ކުޑަބަނޑޮހުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ދުވުމެއް ބާއްވަނީ..

ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޑަބަނޑޮހުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ދުވުމެއް ބާއްވަނީ..
ކުޑަބަނޑޮހުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުމާއިގުޅޭގޮތުން މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން މި އިވެންޓުގެ އިންތިޒާމު ކޮމެޓީގެ ފަރާތުން ޝާޒިލް ވިދާޅުވީ މި ދުވުމުގައި ބައިވެރިވުމަށް ޓީޝާޓެއް ގަންނަންޖެހޭ ކަމަށެވެ. އަދި އަގަކީ 250 ރުފިޔާ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ 600 މީހުންނަށް ބައިވެރިވެވޭނެކަމަށް. މިތަނުގެ މުއައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުންވެސް ޓީޝާޓް ބޭނުންވާތީ އެމީހުނަށް ބަހައްޓާފަ ވިއްކާނީ. މޫސުން ރަނގަޅުނަމަ ދުވާ ޓްރެކް ސަރަހައްދުގައި މާދަމާ ޓީޝާޓް ވިއްކާނަން" ޝާޒިލް ވިދާޅުވިއެވެ.

މި ދުވުން އޮންނާނީ މި މަހުގެ 11 ވާ ހުކުރުދުވަހު ހަވީރު ކަމަށާއި އެރަށަށްދާން ފެރީ ހުކުރުދުވަހުގެ 13:30 އާއި 15:00 އާދެމެދު ޖެޓީ ނަމްބަރު 5 އާ 6 އާދެމެދު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ދުވުމުގައި އޮންނާނީ 5 ކިލޯމީޓަރ ނުވަތަ ކުޑަބަނޑޮސްވަށާ 8 ބުރު އެއްގަޑިއިރުގެ ތެރޭގައި ޖަހަންޖެހޭނެ ކަމަށެވެ.

"މިއީ އަސްލު ޗެރިޓީ ރަން އެއް. ދުވުން ނިންމާ ބައިވެރިނަށް މެޑެލްއެއް ލިބޭނެ. އަނެއްކާ ނިންމާފަ ހަވީރުގެ ސަޔެއްވެސް އޮންނާނެ. ދެން ހުންނާނެ އިތުރު އައުޓްލެޓްތައްވެސް. އެތަންތަނުންވެސް އެއްޗެހި ގަނެވޭނެ" ޝާޒިލް ވިދާޅުވިއެވެ.

ޝާޒިލް އިތުރަށް ވިދާޅުވީ މި އިވެންޓުން ލިބޭ ފައިސާއިން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ޑޮކްޓަރަށް ދެއްކުމަށް އެހިޔާގައި ޚާއްޞަ ޢިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ އެހިޔާއަށް ޒިޔާރަތްކޮށް މަޝްވަރާކުރުމުން މިވަގުތަށް އެންމެބޮޑަށް ބޭނުންވާކަން ކަމަށް ބުނެފައިވާ ކަމަށެވެ.

މިއަދު އޮންލައިން