އެންމެ ގިނަ ކަދުރު އުފައްދާ ޤައުމު ކަމަށްވާ ސައުދިއަަރަބިޔާއިން މިއަހަރުގެ ކަދުރު ފެސްޓިވަލް ހައްޖު މޫސުމާއި ދިމާކޮށް ފަށައިފިއެވެ.
ބުރައިދާގައި ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދާ މިފެސްޓިވަލް 45 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް އެންމެ ގިނަ ކަދުރު އުފައްދާ ޤައުމަކީ ސައުދިއަރަބިޔާއެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ކަދުުރު އުފައްދަނީ ސައުދިއަރަބިޔާއިންނެވެ. އަލްޤަސަމް ސަރަހައްދުގައި އެކަނިވެސް 7 މިލިއަން ކަދުރު ރުށް ހުރެއެވެ.
ސައުދިއަރަބިޔާގައި ބާއްވާ ކަދުރު ފެސްޓިވަލަށް ގިނަ ބައަކު ޒިޔާރަތްކުރެއެވެ. އެހެންކަމުން އުފައްދާ ތަފާތު ކަދުރުގެ މައުލޫމާތު ގިނަބައަކަށް ލިބެއެވެ.
މިފަދަ ފެސްޓިވަލްތައް ބާއްވަނީ ކައްދު އުފައްދާ މީހުންނާއި ސައުދިއަރަބިޔާގެ އަދި ދުނިޔޭގެ ވިޔަފާރިވެރިންނާއި ގުޅުވާލަދީ ދަނޑުވެރިންނަށް ރަނގަޅު އަގުތަކާއި އިތުރު ފުރުޞަތުތައް ހޯދައި ދިނުމެވެ.