ފަލަސްޠީނު ރައްޔިތަކު މެރުމުން 8 މަހަށް ޖަލަށް- ޔަހޫދީއަކަށް އަތުން ހަމަލާއެއް ދޭން އުޅޭހެން ހީވެއްޖެ ނަމަ ބޮލަށް ބަޑި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަލަސްޠީނު ރައްޔިތަކު މެރުމުން 8 މަހަށް ޖަލަށް- ޔަހޫދީއަކަށް އަތުން ހަމަލާއެއް ދޭން އުޅޭހެން ހީވެއްޖެ ނަމަ ބޮލަށް ބަޑި!
ފަލަސްޠީނުގެ ޒުވާނެއްގެ ބޮލަށް އެއްވެސް ކަމަކާއި ނުލައި ބަޑިޖަހައި މެރި ޔަހޫދީ ސިފައިންގެ މީހާއަށް އިއްވީ 8 މަސް ދުވަހުގެ ޖަލު ޙުކުމެކެވެ. އެޙުކުމް އިއްވީވެސް ދުނިޔޭގެ ޕްރެޝަރަށް ކެތް ނުކުރެވިގެންނެވެ.

ޙުކުމް ތަންފީޒުކުރަން އޭނާ ޖަލަށް ވެއްދީވެސް ރަސްމީ އިއްޒަތުގައެވެ. ބޮޑުވަޒީރު ނަތަޔާންހޫ ވަނީ އޭނާއަށް ޤައުމީ ބަޠޮލެއްގެ ދަރަޖަ ދީ ފަލަސްޠީޏު ރައްޔިތުން ވީހައި ގިނައިން މެރުމަށް ހިތްވަރުދީފައެވެ.

ކަން މިހެން ހުރިއިރު ފަލަސްޠީނުގެ ރައްޔިތަކު ޔަހޫދީއެއްގެ ގައިގައި އަތުން ޖަހަން އުލުނު ނަމަވެސް ޔަހޫދީއަކާއި ދިމާއަށް ބާރަށް ދުއްވައިގަތް ނަމަވެސް ބޮލަށް ބަޑިޖަހައި މެރުން ހަމަ ހުއްދައެވެ. މިއީ ޔަހޫދީ ދައުލަތުގެ އިންޞާފެވެ.

ފަލަސްޠީނުގެ ރައްޔިތުން މިފަދަ ބޮޑު އަޅުވެތިކަމެއްގައި އުޅެމުން ގެންދާއިރު އދގެ ސެކެޓްރީ ޖެނެރަލް އިޒްރޭލަށާއި ފަލަސްޠީަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ކޮނޑުގައި އުފުލާނީ ކޮން ޕްލޭނެއްކަމެއް އަދި ނުއެނގެއެވެ. ފަލަސްޠީނުގެ ރައްޔިތުން ބުނަމުން ގެންދަނީ ޓްރަމްޕުގެ ޕްލޭން ބީ ޤަބޫލުނުކުރާނެ ކަމަށެވެ.

ސެކެޓްރީ ޖެނެރަލް އެންޓޭނިއޯގެ މިދަތުރު ހަމަޖެހިފައިވާއިރު ފަލަސްޠީނުގެ މައްސަލައިގައި އދ އާއި އެމެރިކާގެ މެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއިން އދއަށް ދެމުން އަންނަ އެހީ އެކުގައިހެން ކަނޑާލަން އެމެރިކާއިން ވަނީ ނިންމައިފައެވެ.

މިއަދު އޮންލައިން