މައްކާގެ ހަރަމްފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކައި އުފުލައިފިއެވެ.
ޙައްޖު މޫސުމާއި ދިމާކޮށް ކޮންމެ އަހަރަކުވެސް މިދުވަސްވަރު އުރަކޮޅު 2 މީޓަރަށް އުފުލައެވެ. މީހުން އެއިގައި އެލި، ވީދައި ހެދުން ފަދަ ކަންކަންކުރާތީއެވެ.
ބައެއް ޙައްޖުވެރިން އުރަކޮޅުން ރޮދިފަށެއް ލިބޭތޯ ބަލައެވެ. އެއީ މަތިވެރި ކަމެއް ކަމަށް ބަލައިގެންނެވެ. ދީނީ އިލްމުވެރިން ވިދާޅުވަނީ ޙަރަމްފުޅުގެ އުރަކޮޅަށް ލޯބިކުރަންޖެހޭނެ ކަމަށެވެ. އަދި ހަރަމްފުޅު ސަރަހައްދަށާއި ސަރަހައްދުގައިވާ އެންމެހައި ތަކެއްޗަށްވެސް ލޯބިކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އުރަކޮޅު ވީދައިގެން ގެންދިއަ ނަމަވެސް ލިބޭނެ އެއްވެސް އިތުރު ޘަވާބެއް ނުއޮންނާނެ ކަމަށެވެ. ޘަވާބު އިތުރުވާނީ ކުރާ އިޚްލާޞްތެރި އަޅުކަމުން ކަމަށެވެ.
އަރަފާތު ދުވަހަކީ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ފަށާދުަވަހެވެ. މިނާއިން އެނބުރި އަންނައިރު އުރަކޮޅު ހުންނަނީ ބަދަލުކޮށްފައެވެ.
ޙަރަމްފުޅުގެ އުރަކޮޅު ފަހަނީ އެކަމަށް ޚާއްޞަކޮށް ހިންގާ ފެކްޓަރީއަކުންނެވެ. ރަނާއި ރިހީގެ ރޮދިވެސް ބޭނުންކޮށްގެންނެވެ.
އުރަކޮޅު ވިޔާ ގޮތުގެ ވީޑިއޯ ބައްލަވާލައްވާ!