ޤައުމަކީ މުސް ދުބާއީއެވެ. ތަނަކީ ނައިޓް ކްލަބެކެވެ މޮރޮކޯގެ 23 އަހަރުގެ އަންހެން ކުއްޖަކު ދިއައީ މަޖާކުރަމުންނެވެ. މަޖަލުގައި ދެބައަށް ދެވުނުތަނާ އެތަނުގައި ތިބި ސައުދިއަރަބިޔާގެ 3 މީހަކު ދައުވަތު ދިނީ "މެޗްގެ އަނެއް ހާފް ކުޅުމަށް" އެމީހުންނާއިއެކު ހޮޓަލަށް ދިއުމަށެވެ.
އަންހެން މީހާ ވެސް ހުންނަނީ އެހޮޓަލުގައި ކަމަށްވާތީ އެ ދައުވަތު ޤަބޫލުކޮށް އެމީހުންނާއިއެކު ހޮޓަލުގެ އެމީހުންގެ ކޮޓަރިއަށް ދިއައީއެވެ. ދެވަނަ ހާފްގެތެރެއިން ފުރުޞަތު ހިފައި 3 ފިރިހެނުން ވަނީ އޭނާ އާއިއެކު ޖިންސީ ގުޅުން ހިންގައިފައެވެ. އެއިގެ ތެރޭގައި އެއްބަނޑު އެއްބަފާ ދެބެއިން ހިމެނެއެވެ.
މައްސަލަ އުފެދުނީ އަންހެން ކުއްޖާއަށް ހޭވެރިކަންވިއިރު އޭނާގެ ފޯނު ފޮރުވާފައިވާތީ ރުޅިގަދަވެ ރިސެޕްޝަނަށް ގުޅައި ފުލުހުން ގެނައުމުންނެވެ. ފޯނު ފޮރުވީ ފުލުހުންނަށް ގުޅައިފާނެ ކަމުގެ ބިރަށެވެ. ކޮޓަރީގެ ފޯނުން ގުޅޭނެކަން ހަނދާނެއް ނެތެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމާއިއެކު ފަނޑިޔާރު ވަނީ 3 މީހުންނަށް ޙުކުމް އިއްވައިފައެވެ. ކޮންމެ މީހަކުވެސް 10 އަހަރަށް ޖަލަށް ލުމަށެވެ. އަންހެން ކުއްޖާ ވަނީ މަސްތުވުމުގެ ކުށުގައި 2000 ދިރުހަމުން ޖުރުމަނާކޮށްފައެވެ.