މެޗު ނިމެން އުޅެނިކޮށް ޝާފީ ޖެހިލަނޑުން ގްރީން ސްޓްރީޓް ތިނަދޫގެ މައްޗަށް ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
މެޗު ނިމެން އުޅެނިކޮށް ޝާފީ ޖެހިލަނޑުން ގްރީން ސްޓްރީޓް ތިނަދޫގެ މައްޗަށް ކުރިހޯދައިފި
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗު ނިމެން އުޅެނިކޮށް ޝާފިއު އަހުމަދު (ޝާފީ) ޖަހައިދިން ލަނޑުން ތިނަދޫގެ މައްޗަށް ގްރީން ސްޓްރީޓް ކުރިހޯދައިފިއެވެ.

މެޗު ނިމެން އެންމެ 4 މިނެޓަށްވެފައި ވަނިކޮށް އޭދަފުއްޓަށް އުފަން ކުޅަދާނަ ކުޅުންތެރިޔާގެ މި ލަނޑާއެކު ގްރީން ސްޓްރީޓް މެޗު ކާމިޔާބު ކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ގްރީން ސްޓްރީޓްސްއެވެ. މިއީ އެޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ ވަނީ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް ދެ ވަނަ ހާފުގައި ތިނަދޫއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަވިލާ އެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގާ 6 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސްއެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިއަދު ހަވީރު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ ލިބޭނެއެވެ. އެއްވަރުވެއްޖެނަމަ އެއް ވަނައިގައި އޮންނާނީ ގްރީން ސްޓްރީޓްސްއެވެ.

ލީގުގައި މިއަދު ހަވީރު 16:00 ގައި މާޒިޔާ ނުކުންނާނީ ނިއުއާ ދެކޮޅަށެވެ. އަދި މިރޭ 21:00 ގައި ޓީސީ ކުޅޭނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.

މިއަދު އޮންލައިން