ފަލަސްތީނުގައި ޝަހީދުވި 1،000 މީހެއްގެ އާއިލާއަށް ޙައްޖަށް ދެވޭނެ އިންތިޒާމް ސަލްމާން ރަސްގެފާނު ހަމަޖައްސަވާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ފަލަސްތީނުގައި ޝަހީދުވި 1،000 މީހެއްގެ އާއިލާއަށް ޙައްޖަށް ދެވޭނެ އިންތިޒާމް ސަލްމާން ރަސްގެފާނު ހަމަޖައްސަވާ ދެއްވައިފި
ރިޔާދް- އިޒްރޭލްގެ އަސްކަރިއްޔާއިން ރަޙުމުކުޑަ ގޮތެއްގައި ފަލަސްތީނަށް ހަމަލާދީ، ޝަހީދު ކޮށްލި 1000 މީހެއްގެ އާއިލާއަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމް، ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހަމަޖައްސަވާ ދެއްވައިފިއެވެ.

ސައުދީގެ ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި އެމީހުން ސައުދީ އަރަބިއާ އަށް ޙައްޖަށް ދަނީ ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާންދާރީ ގައެވެ. އަދި އެފަރާތްތަކަށް މެހެމާންދާރީ އަދާ ކުރުމުގައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވަނީ ވެ ނިމިފައެވެ.

ސަލްމާން ރަސްގެފާނުގެ ސެކްރެޓަރީ ޖެނެރަލް އަދި ޙައްޖާއި ޢުމްރާގެ ޖެނެރަލް ސެކްރެޓޭރިއެޓް ޢަބްދުﷲ އަލް-މަދާލްޖް ވިދާޅުވީ، ފަލަސްތީނުގައި ޝަހީދުވި 1،000 މީހެއްގެ އާއިލާއަށް ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ހަމަޖެހިފައިވާ އިންތިޒާމް ތަކުގެ ތެރޭގައި ހިމެނެނީ ކެއުމާއި ހުރުމުގެ އިތުރުން ދަތުރު ކުރުން ކަމަށެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ސަލްމާން ރަސްގެފާނު ހިންގަވާ ނުވަ ވަނަ އަހަރެވެ. އަދި މިފަދަ ކަމެއް ހިންގުމުން، ފަލަސްތީނުގެ ޝަހީދުވީ މީހުންގެ ހިތްވަރު ގަދަ ކަމާއި ކުޅަދާނަކަން ވެސް ދައްވުވާދޭ ކަމަށް ޢަބްދުﷲ އަލް-މަދާލްޖް ވިދާޅުވިއެވެ.

"ޝަހީދުވީ މީހުންމަތިން ހަނދާން ކުުރުމާއި ހިތާމަ ކުރުމުން ވަރަށް ބޮޑު ލުޔެއް، އެއާއިލާތަކަށް ލިބޭނެ މިފަދަ ފުރުސަތެއް ދެވުމުން. އަދި މިފަދަ ފުރުސަތު ތަކެއް ދިނުމުން ދައްކުވާ ދެނީ އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމައިގަ ސައުދީ ވަނީ ފަލަސްތީނާއި އެކު ކަން" ސަލްމާން ރަސްގެފާނުގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން