ތުރުކީގެ "ހާމިދިޔޭ ކެމީ" މިސްކިތުގެ ފޮޓޯތައް ދުށިންތަ؟ މުޅި އިންޓަރނެޓްގައި ދައުރުވަނީ

ކިޔުމަށް ހޭދަވާނީ 1މ 25ސ
ތުރުކީގެ "ހާމިދިޔޭ ކެމީ" މިސްކިތުގެ ފޮޓޯތައް ދުށިންތަ؟ މުޅި އިންޓަރނެޓްގައި ދައުރުވަނީ
ތުރުކީގެ ކިރްސެހިރް ސިޓީގައި ބިނާ ކޮށްފައިވާ "ހާމިދިޔޭ ކެމީ" މިސްކިތުގެ ރީތިކަމާއި ހިތް ގައިމުކަން ދައްކުވައިދޭ، ފޮޓޯތަކެއް ފެނިފައި ގިނަ ބަޔަކު އާޝޯޚުވެ، ރިކޯޑް އަދަދަކަށް އެފޮޓޯތައް އިންޓަރނެޓްގައި ޝެއަރ ކޮށްފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުންނާއި އަދި މުސްލިމް ނޫން މީހުންވެސް މިމިސްކިތުގެ ފޮޓޯތައް ފެނިފައި، މިމިސްކިތާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު އޮޅުން ފިލުވަން ބޭނުންވެއެވެ.

އިސްލާމީ ތާރީޚުގެ ތެރެއިން ބިނާ ކުރެވިފައިވާ މިމިސްކިތް އެންމެ ފުރަތަމަ ބިނާ ކުރެވުނީ 1910 ވަނަ އަހަރު އުޘްމާން ގެފާނުގެ ޚަލީފާ ކަމުގެ ދުވަސްކޮޅެވެ. އެޒަމާނުގައި މިމިސްކިތަށް ނަންދެވުނީ އަމީރް އަލް މޫމިނީން ސުލްތާން އަބްދޫލްހާމިދް ޚާން ގެ ނަންފުޅުންނެވެ. އެއީ އެޒަމާނުގެ އަސްޙާބް ބޭކަލުން ތެރެއިން ހިމެނިގެންވާ ވަރަށްވެސް މޮޅު ބޭފުޅެކެވެ.

ނަމަވެސް އުޘްމާންގެފާނުގެ ޚަލީފާ ކަމަށްފަހު މިމިސްކިތް ތަޅާލާ އަލުން ބިނާ ކުރެވުނެވެ. އަދި މިސްކިތަށް ކިޔާ ނަންވެސް ވަނީ "ހާމިދިޔޭ ކެމީ" އަށް ބަދަލުކޮށްފައެވެ.

މިމިސްކިތް ބިނާ ކުރި ފަރާތްތަކުން، މިސްކިތްބިނާ ކޮށްފައިވަނީ، ކީރިތި ޤުރްއާން ގައި، ސުވަރުގޭގެ ވާހަކަތައް އުނގަންނައިދީފައިވާ ގޮތުގެ މަތިން ކަމަށް އެފަރާތްތަކާއި ހަވާލާދީ ރިޕޯޓްތަކުގައި ވެއެވެ. އަޒެރްބައިޖާނީ ގެ ކުރެހުންތެރިއެއް، ފާރުގައި ކުރެހި މިމިސްކިތުގެ ކުރެހުންތަކަށް ވަރަށް ގިނަ މީހުންގެ ތަރުހީބުވަނީ ލިބިފައެވެ.

"ހީވަނީ ސުވަރުގޭގައި ނަމާދު ކުރެވޭހެން" މިމިސްކިތުގައި ނަމާދު ކުރި މީހަކު ބުނެފައިވެއެވެ.

ހަމިދިޔޭ ކެމީ މިސްކިތުގެ އިމާމް ސެފާ އެކިންކީ ބުނިގޮތުގައި، މިމިސްކިތުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި އެފަރާތްތަކުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއެވެ.


މިއަދު އޮންލައިން