ކާރު ރަނގަޅަށް ތަޅުލެވުނުކަން ޔަޤީން ނުކުރާނަމަ މިހެން ވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކާރު ރަނގަޅަށް ތަޅުލެވުނުކަން ޔަޤީން ނުކުރާނަމަ މިހެން ވެދާނެ!
އިނގިރޭސިވިލާތުގައި ދާދިފަހުން ހިނގި ހާދިސާއަކީ ދުއްވަމުން ދިއަ ކާރެއްގެ ދޮރުފަތް ހުޅުވި ކާރުގައި އިން ތުއްތު ކުއްޖަކު ބޭރަށް ވެށްޓުމެވެ. ކުއްޖާ ވެށްޓުނުގޮތުން ހަަމައެކާރުގެ ފަހަތު ފުރޮޅު ކުއްޖާގެ ހަށިގަނޑަށް އަރައި ޗިސްޗިސް ނުވީ ވެސް ހަމަކިރިޔާއެވެ.

ކުއްޖާއަށް ތެދުވެވުމާއިއެކު ކާރާއި އަރާ ހަމަކުރަން ދުއްވައިގަތެވެ. އެހާލަތުގައިވެސް މަގުން ދުއްވި ހަމަ އެންމެ ކާރެއްވެސް ކުއްޖާއަށްޓަކައި މަޑުވެސް ކޮށްލާފައެއް ނުވެއެވެ.

މިހާދިސާއަށް ބަލާއިރު މިއީ ޢާންމުކޮށް ހިނގާޒާތުގެ ކަމެއް ނޫނެވެ. ނަމަވެސް ހާދިސާ މިވަނީ ހިނގައިފައެވެ. ހާދިސާ ހިނގާފައި މިވަނީ ދޮރު ރަނގަޅަށް ތަޅުނުލެވި ހުރުމުންނެވެ.

ބައެއް ފަހަރު ވަރަށް އަވަހަށް ދާންޖެހޭ ތަންތަނަށް ދިއުމަށް ވެސް ކާރުގައި ދަތުރުކުރަންޖެހެއެވެ. އެހެންކަމާއިއެކުވެސް ދޮރުތައް ރަނގަޅަށް ލައްޕައި ތަޅުލުން ފަދަ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިއަދު އޮންލައިން