ފުޓްބޯޅައެއްވަރުގެ ބޮޑު ސިސްޓަކާއެކު އުފަންވި ކުއްޖެއް އޮޕަރޭޝަންކޮށް ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފުޓްބޯޅައެއްވަރުގެ ބޮޑު ސިސްޓަކާއެކު އުފަންވި ކުއްޖެއް އޮޕަރޭޝަންކޮށް ސަލާމަތްކޮށްފި
ކުއްޖާ އުފަންވިއިރުވެސް މޫނުގައި ބޮޑު ސިސްޓެއް އިނެވެ. ހީވަނީ މޫނުގައި ބޮޑު ފުޓްބޯޅައެއް އިންނަހެންނެވެ. ކުއްޖާ ބޮޑުވަމުން އައިވަރަކަށް ސިސްޓްވެސް އައީ ބޮޑުވަމުންނެވެ.

އެކަމަށް ޙައްލެއް ހޯދަން ކުއްޖާގެ މަންމަ ކެނޑިނޭޅި ކުރި މަސައްކަތުން މިހާރު ވަނީ ކުއްޖާ އޮޕަރޭޝަންކޮށް ސިސްޓްނަގައިފައެވެ. މިހާރު ކުއްޖާގެ މޫނަކީ ހަމަ އާދައިގެ މޫނެކެވެ.

ކުއްޖާގެ މަންމަ ބުނީ ސިސްޓާއިއެކުވެސް ދަރިފުޅު އޭނާއަށް ވަަރަށް ރީތި ކަމަށެވެ. ސިސްޓް ނަގަން މަސައްކަތްކުރީ ސްކޫލަށް ދިއުމުން ބުލީކޮށް މަލާމާތް ކުރާނެތީ ކަމަށެވެ.

އެެމެރިކާގެ ޖޯޖިއާގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބެލެވެއެވެ. އެފަދަ ބޮޑު އޮޕަރޭޝަނެއް ކުރުމުންވެސް މޫނުގެ ސިފައަށް ބަދަލެއް ނައުމުންނެވެ. ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ އޮޕަރޭޝަނަކީ ބޮޑު އޮޕަރޭޝަނެއް ކަމަށާއި ވަރަށް ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރަންޖެހުނު ކަމަށެވެެ.

މިއަދު އޮންލައިން