އިންޑިއާ އާ ޕާކިސްތާނުގެ ގުޅުމަށް 70 އަހަރު ފުރޭއިރު އެތައް މިލިއަން ރައްޔިތުންގެ އެދުމަކީ ދެ ޤައުމު މައްސަލަތަކުން ސަލާމަތްވުން..

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިންޑިއާ އާ ޕާކިސްތާނުގެ ގުޅުމަށް 70 އަހަރު ފުރޭއިރު އެތައް މިލިއަން ރައްޔިތުންގެ އެދުމަކީ ދެ ޤައުމު މައްސަލަތަކުން ސަލާމަތްވުން..
އިންޑިޮއާ އާއި ޕާކިސްތާނުގެ މިނިވަންކަމަށް 70 އަހަރުފުރެނީއެވެ. ދެ ޤައުމަށް މިނިވަންކަން ލިބުނު ނަމަވެސް އެތައް މިލިއަން ރައްޔިތުން ތިބީ މިނިވަންކަމުގައެއް ނޫނެވެ. ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ.

ޕާކިސްތާނުން މިނިވަންކަމަށް ކުރި ހަނގުރާމަ ނިންމައި ދެ ޤައުމުގެ ބޯޑަރު ވަކިކޮށްލެވުުނުއިރު ލޭގެ ގުޅުން ހުރި އެތައް ހާސް ޢާއިލާތަކެއް ވަނީ ބޯޑަރުގެ ދެފަރާތުގައި ބައިބައިވެފައެވެ. އެއް ޤައުމެއްގައި އުޅެމުންދިއަ ޢާއިލާތައް ވަނީ ދެ ޤައުމުގެ ރައްޔިތުން ކަމަށްވެފައެވެ.

ލޭގެ ސީދާ ގުޅުންހުރި ޢާއިލާތައް އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ދެފަޅީގައި ތިބުމުން ވާހަކަ ނުދެކެވުނު ދުވަސްވަރެއްވެސް ދިއައެވެ. އަދި މިހާރުވެސް ބައްދަލުކޮށް އުޅުމަކީ ފަސޭހަކަމެއް ނޫނެވެ.

ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް ދެ ޤައުމުގައިވެސް ތިބީ ހަމަ އެއްބައެކެވެ. އިންޑިއާގެ އާބާދީގައި ހިންދީން ގިނަ ނަމަވެސް މުސްލިމުންވެސް އެބަތިއްބެވެ. ޕާކިސްތާނުގައި މުސްލިމުންގެ އާބާދީ ގިނަ ނަމަވެސް ހިންދީންވެސް އެބަތިއްބެވެ.

އެހެންކަމުން ދެ ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ ދެ ޤައުމު ގުޅިގެން ކުރިއަށް ދިއުމެވެ. އެއް ޤައުމުން އަނެއްޤައުމަށް ޖާގަދީގެން ކުރިއަށް ދިއުމެވެ. އެންމެ ބޮޑު މައްސަލައަކަށްވެފައިވާ މަޝްމީރުގެ އިންޑިއާ ފަޅި ދެން ޕާކިސްތާނަށް ލިބޭނެ ހަމައެއްވެސް ގޮތެއް ފެންނާކަށް ނެތެވެ. އެހެންކަމުން މިހާރު އޮތް ހަަމއެކަނި ހައްލަކީ އެކަން އެގޮތުގައި ބަލައިގަތުމެވެ.

ދެފަޅިއަށް ބައިވުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވެފައިވާ އެތައް މިލިއަން ރައްޔިތުންގެ އެދުމަކީ ދެޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުވުމެވެ. ދެ ޤައުމުގައި ތިބެންޖެހިފައިވި ނަމަވެސް އެއް ބައެއްގެ ގޮތުގައި ފަސޭހަކަމާއިއެކު ދިރިއުޅެވޭނެ ގޮތެއް ހަމަޖެހުމެވެ.

މިއަދު އޮންލައިން