މިޞުރުގައި ދެ ރޭލް އެކްސިޑެންޓްވެ ގިނަ ބައަކު މަރުވެ އަދި ޒަޚަމްވެއްޖެއެވެ.
މިޞުރުގެ އަލެކްސަންޑްރިއާގައި ހުކުރު ދުވަހު ހިނގި މިއެކްސިޑެންޓާއި ބެހޭގޮތުން ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ 49 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށެވެ.
ބައެއް ޢާއިލާތައް އެކުގައި މަރުވީ. ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޔަތީމްވެފަ. މިއީ އާދައިގެ ކަމެއް ނޫން. އެތައް ބައަކު އެވަނީ ޗިސްޗިސްވެފަ. ގުނަވަންތައް ވަކިވެފަ. ސުންޙާނަﷲ!|"
އަލަކްސަންޑްރިއާގެ ގަވަރުނަރު ވިދާޅުވީ އަދި މިހައިތަނަށް އެނގިފައިވާ ގޮތުން އެކްސިޑެންޓްވެފައިވަނީ މުވައްޒިފަކަށް އޮޅިގެން ދެވުނު ނުބައި ސިގްނަލެއްގެ ސަބަބުންނެވެ.