ދުނިޔޭގައި މިވަގުތު ހުރު އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓަށް ރަންމެޑެލްއަކުން ކެރިއަރ ނިންމާލަން ލިބުނު ފުރުޞަތު އޭނާއަށް ގެއްލިއްޖެއެވެ.
ދުނިޔޭގެ އެތުލެޓިކްސް ތާރީޚު ދުށް އެންމެ ކާމިޔާބު ދުވުންތެރިއާ ޖެމެއިކާގެ ޢުމުރުން 30 އަހަރުގެ އުސެއިން ބޯލްޓަށް މި ފުރުޞަތު ގެއްލުނީ އައިއޭއޭއެފް ވަރލްޑް ޗެމްޕިއަންޝިޕްގެ ހަތަރެއް ގުނަ ހަތަރު ސަތޭކަ މީޓަރ ރިލޭގައި ދުވަނިކޮށް އަނިޔާވެގެން ޔޫކޭއަށްވުރެ 39 ސިކުންތުން ރޭސް ނިންމުމުންނެވެ.
ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އަދި ޚުދު އުސައިން ބޯލްޓްވެސް އުއްމީދުކޮށްގެން ހުރީ އޭނާގެ ދުވުމުގެ ބައިނަލްއަޤުވާމީ ކެރިއަރ ގޯލްޑް (ރަން) މެޑެލްއަކުން ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އެ ހުވަފެން ބިމުހުރި ވެއްޔަށް ހަދައިލީ ޔޫކޭގެ ދުވުންތެރިންނެވެ.
ޔޫކޭގެ މި ކާމިޔާބީއަކީ މިފަދަ މުބާރާތަކުން ރަން މެޑެއްޔެއް ނުލިބޭތާ ދުވަސްތަކަށްފަހު ލިބުނު މެޑެލްއެކެވެ. އަދި މި މެޑެލް މި ލިބުނީވެސް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާވެސް ބަލިކޮށްފައެވެ. އެހެންކަމުން މިއީ ޔޫލޭގެ ތާރީޚުގައި "ރަން އަކުރުން" ލިޔާނެ ކާމިޔާބީއެއްކަން ޔަޤީނެވެ.
އުސައިން ބޯލްޓު މި ރޭހުގައި ދުވީ އަނިޔާގައި ހުރެގެންނެވެ. އަދި ރޭސްފެށިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނިޔާއިތުރުވެ، އޭނާ ވަނީ ޓްރެކްމައްޗަށް ވެއްޓިފައެވެ. ނަމަވެސް ހިތްވަރާއެކު ތެދުވެ ރޭސް ނިންމާފައިވާ އިރު، ރޭހަށްފަހު އޭނާވަނީ ފުރޮޅުލީ ގޮނޑިއެއްގައި (ވީލް ޗެއަރ) ހޮސްޕިޓަލަށް ގެންގޮސްފައެވެ.