ސޫދާނުގެ 480 ހައްޖާޖީން ކަނޑުމަގުން ހައްޖަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 27ސ
ސޫދާނުގެ 480 ހައްޖާޖީން ކަނޑުމަގުން ހައްޖަށް ހިނގައްޖެ
ސޫދާނުގެ 480 ހައްޖާޖީން ކަނޑުމަގުން ހައްޖަށް ހިނގައްޖެއެވެ.

މިއީ ކަނޑުމަގުން މި އަހަރު ހައްޖަށްދިޔަ ފުރަތަމަ ގްރޫޕެވެ.

އެއްގަމާއި ވައިގެ މަގުން އެތައް ލައްކަ ބަޔަކު ހައްޖަށްދާ އިރު، ކަނޑު މަގުންވެސް އެތައް ހާސް ބަޔަކު އަދިވެސް އަންނަނީ ހައްޖަށްދަމުންނެވެ.

ކަނޑުމަގުން ހައްޖަށް ދިޔަ ސޫދާނުގެ 480 މީހުންނަށް ސައުދީ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައުވާ އިރު، ސޫދާނުން 18،000 މީހުން ކަނޑުމަގުން މިއަހަރު ހައްޖަށްދާނެކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން