ފިޓްވާންޖެހޭނީ ހަމައެކަނި ފިރިހެނުންނެއް ނޫން- ފިރިހެނުންނަށްވުރެ އަންހެނުން ފިޓްވާންޖެހޭ: ބާތިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފިޓްވާންޖެހޭނީ ހަމައެކަނި ފިރިހެނުންނެއް ނޫން- ފިރިހެނުންނަށްވުރެ އަންހެނުން ފިޓްވާންޖެހޭ: ބާތިއާ
ފިޓްވާންޖެހޭނީ ހަމައެކަނި ފިރިހެނުންނެއް ނޫން ކަމަށާއި ފިރިހެނުންނަށްވުރެ އަންހެނުން ފިޓްވާންޖެހޭ ކަމަށް ސައުދިއަަރަބިޔާގެ ޖިއްދާގައި ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތްކުރާ ބާތިއާ ބުނެފިއެވެ.

ބާތިއާ ބުނީ ހަށިގަނޑު ފިޓް ނުވުމުން ޞިއްޙީ ގޮތުން އަންހެނުންނަށް ވެސް މައްސަލަތައް ކުރިމަތިވާ ކަމަށާއި އަދި ހަޔާތުގައި ކުރިމަތިވާ ކަންކަމަށް ކުރިމަތިލުމުގެ ބާރާއި ހިތްވަރުވެސް ލިބޭނީ ފިޓްކޮށް ތިބުމުން ކަމަށެވެ.

"ކަންކަން މިދިމާވަނީ ވަކި ތަނެއްގައި ނޫނީ ވަކިވަގުތަކުވެސް ނޫން. ކަމެއް ދިމާވުމުން އެކަމަށް ކުރިމަތިލުމުގެ ބާރު އަމިއްލަ ހަށިގަނޑުގައި އެބަހުރިކަމުގެ ޔަޤީންކަން އަމިއްލަ ނަފްސަށް އޮންނަންޖެހޭނެ. އެއިރުން ސާބިތުކަމާއިއެކު ކުރިމަތިލެވޭނީ."

ބާތިއާ ބުނީ އަންހެނުންގެ ހަށިގަނޑަށް ބަދަލުތައް އައިސް މާއަވަހަށް މުސްކުޅިވެއްޖެކަމަށް ދައްކަނީވެސް ފޮޓް ނުވުމުން ކަމަށެވެ. ހަށިގަނޑަށް ބޭނުންވާ ކަސްރަތުތައް ލިބިގަނެގެން ތިބޭނަމަ ރީތިކަންމަތީގައިވެސް ގިނ ދުވަހު ތިބެވޭނެ ކަމަށެވެ.

މިއަދު އޮންލައިން