އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުގެ މެޑިކަލް ކޮލެޖުގެ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވެ 3 ދުވަސްތެރޭގައި 35 އަށްވުރެ ގިނަ ކުޑަކުދިން މަރުވުމާއި ގުޅިގެން ބެލެނިވެރިން ރަތަށް އަރައިފިއެވެ.
ގޮރަކްޕޫރުގައި ހިނގި މިހާދިސާ އާއި ގުޅިގެން ގަވަރުނަރު ބުނީ ކުދިން މަރުވީ ޤްދްރަތީ ސަބަބުތަކުގައި ކަމަށެވެ. ނަމަވެސް ބެލެނިވެރިން ގެންދަނީ އެވާހަކަތައް ދޮގުކުރަމުންނެވެ.
ބެލެނިވެރިން ބުނެފައިވަނީ ހުކުރު ވިލޭރޭ އޮކްސިޖަން ހުސްވުމުން އަމިއްލައަށް އޮކްސިޖަން ޕަމްޕުކޮށްދޭ ކޮތަޅުތައްވެސް ބެލެނިވެރިންނާއި ހަވާލުކޮށް އަމިއްލައަށް އޮކްސިޖަން ދިނުމަށް އެންގި ކަމަށެވެ.
މައްސަލަ ހޫނުވުމުން ގަވަރުނަރު މިހާރު ބުނަނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އޮކްސިޖަން ސަޕްލައި ހުސްވި ކަމަށް ޞިއްޙީ ވުޒާރާއިން މިހާރު ވަނީ އެއްބަސްވެފައެވެ.
ބުނެވޭގޮތުން އޮކްސިޖަން ސަޕްލައިކޮށްދޭ ކުންފުންޏަށް ސަރުކާރުން ފައިސާ ނުދައްކައި ގިނަ ދުވަސްތަކެއްވުމުން އޮކްސިޖަން ކަނޑައިލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.