ލީބިޔާގެ ކުރީގެ ބޮޑުވަޒީރަކު ވަގަށް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ލީބިޔާގެ ކުރީގެ ބޮޑުވަޒީރަކު ވަގަށް ނަގައިފި
ލީބިޔާގެ ކުރީގެ ބޮޑުވަޒީރު ޢަލީ ޒައިދާން ވަގަށް ނަގައިފިއެވެ. އޭނާ ވަގަށް ނަގައިގެން ގެންދިއަކަމަށް ބެލެވެނީ ވެރިރަށް ޓްރިޕޮލީގެ ހޮޓަލެއްގައި ހުއްޓައި ބަޑި ހިފައިގެން ތިބި ޖަމާއަތަކުންނެވެ.

2013 ވަނަ އަހަރުވެސް އޭނާ ވަގަށް ނެގިއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެތެރޭގައި ވަނީ މިނިވަންކޮށްފައެވެ.

ޒައިދާން އަކީ ލީބިޔާގައި އިންތިޚާބު ބޭއްވުން ލަސްވަމުން އަންނާތީ ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އިންތިޚާބު ލަސްކުރަނީ މުސްލިމް ބްރަދަރހުޑުން ކަމަށް ވިދާޅުވެ ޒައިދާން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
މިއަދު އޮންލައިން