ކަނޑޫމާ ރިސޯޓުގެ އޮލިމްޕިކްސް ފަށައިފި

ކިޔުމަށް ހޭދަވާނީ 43ސ
ކަނޑޫމާ ރިސޯޓުގެ އޮލިމްޕިކްސް ފަށައިފި
މާލެ އަތޮޅުގައި ހިންގާ ކަނޑޫމާ ރިސޯޓުގެ އޮލިމްޕިކްސް ފަށައިފިއެވެ.

ހޮލިޑޭ އިންގެ ފަރާތުން ހިންގާ މި ރިސޯޓުގައި އުފައްދާފައިވާ 5 ހައުސްގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން ފުޓްސަލް، ބާސްކެޓް، ބައިބަލާ އަދި ފިރިހެނުން ބަށިކުޅުން ފަދަ ކުޅިވަރުތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުންވެސް ތަފާތު ގިނަ ކުޅިވަރުތަކެއް ހިމަނާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

މިއީ އެ ރިސޯޓުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން އެއްތަނަކުން ބައްދަލުވެ، މަޖާ އެކުވެރި މާޙައުލެއް ޤާއިމުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ ކުޅިވަރު އިވެންޓެކެވެ.

އެ ރިސޯޓުން ބުނީ މި އިވެންޓުތަކުގައި ނުވަތަ އޮލިމްޕިކްސްގައި އެ ރިސޯޓުގައި ވަޒީފާއަދާކުރާ ކޮންމެ މުއައްޒަފަކުވެސް ކޮންމެވެސް އެއްކުޅިވަރެއްގައި ބައިވެރިވާނެ ކަމަށެވެ.
މިއަދު އޮންލައިން