ދިރާގުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަ ޕެކޭޖެއް ނެރެފިއެވެ.
މަހަކު އެންމެ 149 ރުފިޔާއަށް ނެގޭ "ޔުނިފްލެކްސް" ޕެކޭޖަކީ ދަރިވަރުންގެ ޔުނިވަރސިޓީ ހަޔާތް ފަސޭހަކޮށްދޭން ނެރުނު ޕެކޭޖެއް ކަމަށް ދިރާގުން މި ޕެކޭޖް ތައާރަފް ކުރުމުށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވިއެވެ. މިގޮތުން މި ޕޭކެޖްގައި ހިމެނޭ 3ޖީބީ ޑާޓާ އަކީ ހުރިހާ ދަރިވަރުންވެސް ވަރަށް ޝައުޤުވެރިވާކަމެކެވެ. މީގެ އިތުރުން ކޮންމެ މަހަކު 4000 ފްރީ މިނިޓްސް އަދި 1000 އެސް.އެމް.އެސް މި ޕެކޭޖްގައި ހިމެނެއެވެ.
ދަރިވަރުންނަށް ކިޔެވުމުގައި އެންމެ ބޭނުން ތެރި އެއް ވެބްސައިޓް ކަމުގައިވާ ވިކިޕީޑިއާ، އެމް.އެން.ޔޫ ވެބްސައިޓް އަދި މޫޑުލް އަށް ޑާޓާއާ ނުލާ ވަދެވޭނެއެވެ.
މީގެއިތުރުންވެސް މި ޕެކޭޖުން ޔުނިވަރސިޓީގެ ދަރިވަރުންނަށް ފަސޭހަވާނެ ގޮތްތަށް އަދި މީގެ ފަހުންވެސް ދިރާގުން ކޮށްދޭނެ ކަމަށް ވަނީބުނެފައެވެ.
މިހަފްލާގައި އެމް.އެން.ޔޫ ގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވަނީ ދިރާގަށް ޝުކުރު އަދާކޮށްފައެވެ. އަދި ދިރާގުގެ ޗީފް މާރކެޓިންގ އޮފިސަރ، އިޒަބެލް ހަޖްރީ ދަރުވަރުންނާ މުހާތަބްކުރަމުން ކިޔަވާ ކުދިންނަށް އެހީވެވޭތީ ވަރަށް އުފާވާ ކަމަށާއި، މިޕެކޭޖްގެ ބޭނުން ހެޔޮގޮތުގައި ހުރިހާ ދަރިވަރުންވެސް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެެވެ.