ޝްރީ ލަންކާގެ ފޮރިން މިނިސްޓަރުކަމަށް އެޤައުމުގެ ޑިވެލޮޕްމެންޓް އެސައިންގްމެންޓް މިނިސްޓަރ، ތިލަކް މަރަފަނަ އައްޔަނު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރ ކަމުގެ މަޤާމުގެ ލިޔުން ތިލަކް އާއި ހަވާލު ކުރުން އޮތީ، މިއަދު ލަންކާގެ ރައީސް މައިތްރިފާލަ ސިރިސޭނާ ކުރިފުޅު މަތީގައެވެ.
ތިލަކް މިމަޤާމަށް އައްޔަނު ކުރައްވާފައިވަނީ އެމަޤާމުގައި ކުރިން ހުންނެވި ރަވީ ކަރުނަނަޔަކެ، މިމަހުގެ 10 ވަނަ ދުވަހު ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރަވީ ކަރުނަނަޔަކެ އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ލަންކާގެ މަޖިލީހަށް ތައްޔާރުވެފައި ވަނިކޮށެވެ.