ޙައްޖުވެރިންނަށް އުނދަގޫކުރުމުގެ ފުރުޞަތެއް ނުދޭނަން- ހުއްދަ ނެތް 95،400 މީހުން ހުއްޓުވައިފިން- ސައުދިއަރަބިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޙައްޖުވެރިންނަށް އުނދަގޫކުރުމުގެ ފުރުޞަތެއް ނުދޭނަން- ހުއްދަ ނެތް 95،400 މީހުން ހުއްޓުވައިފިން- ސައުދިއަރަބިޔާ
ހައްޖުވުމުގެ ވިސާ ނުވަތަ ހުއްދަ ނެތި މައްކާއަށް ވަންނަން އުޅުނު 95،400 މީހުން މައްކާއަށް ވަނުން ހުއްޓުވާފައިވާ ކަމަށާއި އެގޮތަށް އަމަލުކުރަނީ ހައްޖުވެރިންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވިއަ ނުދޭން ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.

ސެކިޔުރިޓީ ފޯސަސްގެ މޭޖަރ ޖެނެރަލް ޚާލިދް ޢަލްޢަރާބީ ވިދާޅުވީ މައްކާއަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް ވަރަށް ރަނގަޅަށް ސިފައިން ބަލަހައްޓަމުން ގެންދާ ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރަމުން ގެންދާނެ ކަމަށެވެ. ޚާލިދު ވިދާޅުވީ މިއަދަދަށް މީހުން ހުއްޓުވާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ޗެކް ޕޯސްޓްތަކުން ކަމަށެވެ.

ޚާލިދު ވިދާޅުވީ ހައްޖުވުމުގެ ހުއްދަ ދޫކުރަނީ ވަކި އަދަދަކަށް ކަމަށާއި އެއަދަދަށްވުރެ އިތުރަށް މީހުން ހައްޖުވާން ހިނގައްޖެނަމަ ހައްޖުވެރިންނަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ހަރަމްފުޅާއި މައްކާ ސަރަހައްދުގެ ސެކިޔުރިޓީ ވީހައި ފުރިހަމައަށް ބެލެހެއްޓުމަށް ސިފައިން ވަަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށާއި އެކަމަށް ކުރެވެންހުރި ހުރހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ޚާލިދު ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން