މިއަހަރު 950،000 ހައްޖު ކޯޓާ އިތުރަށް ދޫކުރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މިއަހަރު 950،000 ހައްޖު ކޯޓާ އިތުރަށް ދޫކުރި
މިއަހަރު ހައްޖުވުމަށް 950،000 މީހުންނަށް، މިދިއަ އަހަރަށްވުރެ އިތުރަށް ޙައްޖު ކޯޓާ ދޫކޮށްފައިވާ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ. މި ކޯޓާތައް ދޫކޮށްފައިވަނީ 178 ޤައުމަކަށެވެ.

ސައުދިއަރަބިޔާއިން ބުނެފައިވަނީ އިއްޔެ އާއި ހަމައަށް ޙައްޖުވުމަށް 675،000 މީހުން ގޮސްފައިވާ ކަމަށެވެ. އަދި މިއީ މިދިއަހަރުގެ އެދުވަހާއި އަޅައިބަލާއިރު 17 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

ބޭނުންވާ ވަރަށް ހައްޖު ކޯޓާ ނުލިބުމުގެ ސަބަބުން ކޯޓާގެ އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ. އެކަމަކީ މަނާ ކަމެއް ނަމަވެސް އެކަން ދަނީ ހިނގަމުންނެވެ.

ސިންގަޕޫރަށް ބަލައިފިނަމަ ހައްޖަށް ދިއުމަށް މިހާރު ފައިސާ ދައްކައިގެން ތިބި މީހުންނަށް ޙައްޖުވެވޭނީ 42 އަހަރުންނެވެ. އިންޑޮނޭސިއާގެ ބައަކު ފިލިޕިންސް އިން ކޯޓާ ގަނެގެން ފިލިޕިންސްގެ ބައެއްގެ ގޮތުގައި ދިއުމަށް މަސައްކަތްކުރަނިކޮށް މިދިއަ އަހަރު ވަނީ އަތުލައިގެންފައެވެ.

މިއަހަރަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކޯޓާ ނެތި މައްކާއަށް އެތެރެވާން އުޅުނު 95،400 މީހުން ވަނީ ހިފަހައްޓައިފައެވެ.
މިއަދު އޮންލައިން