ދިރާގުން އިންޓަރނޭޝަނަލް މިއުޒިކް އެޕެއް ކަމަށްވާ "ޔޮންޑަރ މިއުޒިކް" ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ދިރާގުން އިންޓަރނޭޝަނަލް މިއުޒިކް އެޕެއް ކަމަށްވާ "ޔޮންޑަރ މިއުޒިކް" ތަޢާރަފްކޮށްފި
ދިރާގުން އިންޓަރނޭޝަނަލް މިއުޒިކް އެޕެއް ކަމަށްވާ "ޔޮންޑަރ މިއުޒިކް" ރާއްޖެއަށް މިރޭ ތަޢާރަފްކޮށްފިއެވެ.

މިރޭ ޝެރަޓަން ފުލް މޫން ރިޒޯޓްސް ގައި މިކަމާއި ގުޅޭގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިއެޕް ތަޢާރަފް ކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް އަދި ޔޮންޑަރ ގެ ސީއީއޯ އެޑަމް އެވެ.

ދިރާގުން ރާއްޖެއަށް އަލަށް ތަޢާރަފްކުރި މިމިއުޒިކް އެޕްލިކޭޝަންގައި 20 މިލިއަނަށް ވުރެ ގިނަ ލަވަ ހިމެނޭނެ ކަމަށް ދިރާގުން ވަނީ މަޢުލޫމާތު ދީފައެވެ.

މިރޭގެ މިޚަފްލާގައި ވާހަކަ ދައްކަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ވިދާޅުވީ މިއުޒިކީ ދުނިޔެއަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ދިރާގު އާއި ޔޮންޑަރ އާއި ދެމެދު އޮންނަ ގުޅުން މިރޭ ތަޢާރަފް ކުރެވުނު މިއެޕްލިކޭޝަން ގެ ސަބަބުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުން ގެނެސްދިފައިވާ "ޒީރޯ ޑިގްރީ އެޓޯލްސް" ގެ ލަވައެއްގެ ކަވަރ އެއްވެސް މިރޭގެ މިޚާއްސަ ޚަފްލާގައި ހުށަހަޅާދިނެވެ. އަދި މީގެ އިތުރުން މަޝްހޫރު ފަންނާނުން ތަކެއްގެ ހުށަހެޅުންވެސް މިރޭ މިޚަފްލާގައި ހިމަނާލިއެވެ. އޭގެ ެރޭގައި ޒުވާން ލަވަކިޔުންތެރިޔާ ބަތޫލްގެ ހުށަހެޅުމެއް ވެސް ހިމެނެއެވެ.

"ޔޮންޑަރ މިއުޒިކް" އެޕްއަކީ ސްޓްރީމް ކޮށްގެން ލަވަ އަޑުއަހާލެވޭނެ އެޕްލިކޭޝަން އެކެވެ.
މިއަދު އޮންލައިން