ލެބަނާންގައި އަންހެނަކު މުސްލިމުންނަށް ހަޖޫ ޖަހަން ވެގެން، ބިކިނީ ލައިގެން އެޤައުމުގެ ރިސޯޓެއްގެ ބީޗުގައި ނަމާދު ކުރާކަމަށް ދައްކައިފިއެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި، މިއަންހެން މީހާ ބިކިނީ ލައިގެން އަތިރިމަތީގައި ހުރެ، ނަމާދުގެ ހަރަކާތްތައް ކުރިއިރު އޭނާގެ މޫނު މަތިން ލަދުގެ އެންމެ ކަންފުޅެއް ވެސް ނުފެނެއެވެ. އަދި އޭނާ ހުރީ ވަރަށް ހެވިފައެވެ.
އެއަންހެން މީހާގެ މިނޭދެވޭ ޢަމަލުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައާއި ޔޫޓިއުބްގައި ހަލުވިކަމާއިއެކު ދައުރުވަމުން ދާއިރު، މިކަން ދުނިޔޭގެ އެއްވެސް މަތީ ލީޑަރަކަށް މައްސަލައަކަށް ވެފައި ނުވާކަން ގިނަ މުސްލިމުން ވަނީ ފާހަގަކޮށް އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ. އެމީހުން ބުނި ގޮތުގައި، މިސާލަކަށް މިއީ އިސްލާމްދީން ނޫން އެހެން ދީނެއްގެ އަގު ވައްޓާލަން މީހަކު ކުރި ކަމެއްނަމަ، އެންމެންގެ ސަމާލުކަން ވެސް މިކަމަށް ވަރަށް ބޮޑަށް ލިބި، މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެސް ވީހެވެ.
މިހިނގާ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ހިނގި މިކަންތައްގަނޑު، އެއްވެސް ޓީވީ ޗެނަލެއްގެ އަދި ވެބް ބްލޮގެއްގެ ސަމާލު ކަމަށް ވެސް އައިސްފައި ނުވި ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ދަނީ މިއަންހެން މީހާ އާއި އިދިކޮޅަށް މުޒާހަރާ ކުރަމުންނެވެ.
އިސްލާމްދީނުގައި އަންހެނުން މިފަދައިން ހެދުން އެޅުން ހުއްދައެެއް ނޫނެވެ. ޚާއްސަކޮށް ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައި ވީހިނދު، ނަމާދު ކުރާއިރު ހުރިހާ މުސްލިމް އަންހެނުން ވެސް މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ގުނަވަނެއް ނިވާކުރާކަމީ ދުނިޔޭގެ އެއްވެސް ބަޔަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. ނަމަވެސް މިއަންހެން މީހާ ބިކިނީ ލައިގެން، ބަރަހަނާކޮށް ހުރެ ނަމާދުގެ ހަރަކާތްތައް ކުރުމުން، އެއީ ހަމަ ކަނޑައެޅިގެން މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ހިިންގި އަމަލެއްކަން ވަރަށް ސާފުކޮށް ދޭހަ ވެއެވެ.
މުސްލިމުންނާއި ދެކޮޅަށް މިފަދަ ޢަމަލުތަކެއް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހިނގަމުން ދިޔަ ނަމަވެސް، މިފަދަ ކަންކަން ހުއްޓުވުމަށް އެއްވެސް ލީޑަރަކު މަސައްކަތް ނުކުރާކަމީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.